ވެލި ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް އަޑިއަށް ދާތީ ފުލުހުން އެހީވެއްޖެ
ވެލި ބަރުކޮށްގެން ރ. ރަސްގެތީމަށް ދަތުރުކުރި ދޯންޏެއް ދިޔަވެ އަޑިއަށް ދާތީ ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ފުލުހުން ބުނީ ވެލި ބަރުކޮށްގެން ރަސްގެތީމަށް ދަތުރުކުރި ދޯންޏެއް ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 11:45 ހާއިރު ކަމަށެވެ.
އެގޮތުން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިއިރު އެ ދޯނީގައި ތިބި ހަތަރު ފިރިހެނުން ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.
Ads by Allied Insurance