ދުނިޔެ

ފަހަން ދިން ބޮކްސާ ކުރުވުމުން ކޯޓަށް

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގެ ބޯޕާލް ގައި މީހަކު ފަހަން ދިން ބޮކްސާ އެއް ކުރުވުމުގެ ސަބަބުން، ފަހާ މީހާ އާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

Ads by Sosun Fihaara

46 އަހަރުގެ ކްރިޝްނާ ކުމާރު ޑުބޭ ހުށަހެޅި މައްސަލަ ކޯޓުން ވަނީ މިހާރު ބަލައިވެސް ގަނެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޑުބޭ އެ ބޮކްސާ ފަހަން 2 މީޓަރުގެ ފޮތި ފަހާ މީހާ އަތަށް ދީފައިވެއެވެ. ނަމަވެސް ފަހާ ނިމުމުން ބަލާ ދިޔައިރު ބޮކްސާ މާ ބޮޑަށް ކުރު ކަމަށް ޑުބޭ ބުނެފައިވެއެވެ. އަދި އަލުން ފަހައިދުމަށް އެދުމުން އޭނާ ފަހައިދޭން ދެކޮޅު ހެދި ކަމަށްވެސް އިންޑިއާ ނޫސްތަކުން ޑުބޭ އާ ހަވާލާދީ ބުނެފައިވެއެވެ.

މީގެ އިތުރުން އެ ބޮކްސާ ފެހުމަށް 70 ރުޕީސް ނަގާފައިވާއިރު ރަބަރުކޮޅެއްވެސް ލައްވާފައިނުވާ ކަން އޭނާ ފާހަގަކުރިއެވެ.

ޑުބޭ އަކީ ވެސް ކޮވިޑް19 ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ މީހެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!