ޚަބަރު

މޫސުން ގޯސްވެ އުދަ އަރާފާނެތީ ސަމާލުވުމަށް އެންޑީއެމްއޭ އިން އިލްތިމާސްކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ އުދަ އަރާފާނެ ކަމަށް ލަފާ ކުރެވޭތީ އެކަމަށް ސަމާލުވުމަށް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

Ads by MWSC

އުދައިގެ ސަބަބުންނާއި ގަދަ ވައިގެ ސަބަބުން ގޯތިގެދޮރާއި މުދަލަށް ލިބިދާނޭ ގެއްލުމަކުން ރައްކާތެރިވުމަށް ސަމާލުވުމަށް އެންޑީއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވާނެ ފަދަ މުދާ ފެން ނުޖެހޭ ފަދަ އުސް ތަންތަނަށް ބަދަލުކުރުމަށާއި، އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ ދުރާލާ ވާ ފަދަ އެއްޗެއް ބޭނުންކޮށް ގެން ފުރާޅު އެއްލާ ނުލާނެ ފަދަ ގޮތަކަށް ހައްޔަރުކުރުމަށާއި، ގަދަ ވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުމަށް އަދި ބޭނުން ނުކުރާނަމަ ބޭނުން ނުކުރާ ނަމަ ކަރަންޓު ތަކެތި ނިއްވާލާފައި ބެހެއްޓުމަށް ޑިޒާސްޓާ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މި ދުވަސްވަރު ކަނޑުގަދަކަން ފާހަގަކޮށް އެންޑީއެމްއޭ އިން ބުނީ ކަނޑުދަތުރު ކުރާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ. އެގޮތުން ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުއާސަލާތީ ނިޒާމްގެ ފުރިހަމަކަން ޔަގީން ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުން މިއަދު ވަނީ މުޅި ރާއްޖެއަށް ވައިޓު އެލާޓުވެސް ނެރެފައެވެ. މީގެއިތުރުން ހއ.އަތޮޅުން ލ.އަތޮޅާއި ހަމައަށް ޔެލޯ އެލާޓުވެސް ވަނީ ނެރެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!