ދުނިޔެ

މަދީނާގެ މިސްކިތްތަކުގެ އަންހެނުންގެ ބައިގައި މަސައްކަތް ކުރަން އަންހެން މުވައްޒަފުން ހަމަޖައްސައިފި

ދެން އެމްވީ ، ދެން އޮންލައިން

ދުބާއީ: ސައުދީ އަރަބިއާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން، މަދީނާގެ މިސްކިތްތަކުގެ އަންހެނުންގެ ބައިގައި މަސައްކަތް ކުރަން އަންހެން މުވައްޒަފުން ހަމަޖައްސައިފިއެވެ.
ރިޕޯޓުތަކުން ބުނެފައިވަނީ މިސްކިތްތަކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ޑިއުޓީއަކަށްވާނީ އަންހެނުންގެ ބައިތައް ސުޕަވައިޒް ކުރުމުމާއި ބެލެހެއްޓުން ކަމުގައެވެ.
އެމިނިސްޓްރީން ބުނެފައިވަނީ އަންހެން މުވައްޒަފުންގެ ޒިންމާތައް އަދާކުރުމުގައި ވެދެވެން އޮތް އެހީއެއް ވެދޭނެ ކަމަށެވެ.
މީގެއިތުރުން އަޅުކަން ކުރުމުގައިވެސް ރައްކާތެރިކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށް، އަންހެނުންނަށް ވެދެވެން އޮތް އެހީއެއް ވެދެއްވާނެ ކަމަށް ސައުދީ އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
މަދީނާގެ މިސްކިތްތަކުގެ އަންހެނުންގެ ބައިގެ ކަންކަން ވެސް މީގެ ކުރިން ހަމަޖެއްސީ ފިރިހެނުންނެވެ. ނަމަވެސް އަލަށް ނެރުނު މިއެންގުމާއި ގުޅިގެން އެބައި ފޮޅާ ސާފުކުރުމުގެ ކަންކަން ވެސް ދެން ބަލަހައްޓާނީ އަންހެނުންނެވެ.

Ads by Sosun Fihaara

މަސްދަރު: ގަލްފް ނިއުސް

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!