މުނިފޫހިފިލުވުން

ރަންބީރާއި ވައްތަރު ޖުނެއިދު، ހާޓް އެޓޭކެއް ޖެހިގެން ނިޔާވެއްޖެ!

ދެން އެމްވީ ، ދެން އޮންލައިން

ކޮންމެ މީހަކާއި ވެސް ވައްތަރު މީހުން އުޅޭނެކަމަށް ބުނާތީ އަޑުއަހަމެވެ. މިފަހަރު އެކަން ތަންކޮޅެއް ލަހުން ނަމަވެސް، މިވަނީ ހާމަވެސް ވެފައެވެ.

Ads by Hajj Corporation

ބޮލީވުޑްގެ މައްޝޫރު އެކްޓަރު ރަންބީރު ކަޕޫރް އާއި ވަރަށް ވައްތަރު މީހެއް، އިންޑިއާއިން ހިސޯރު ކޮށްފައިވާ ކަޝްމީރުގައި އުޅުނެވެ.

ޖުނެއިދު ޝާހް ނަމަކަށް ކިޔާ މިމީހާ މިދިޔަ ހުކުރު ދުވަހު ހެނދުނު ވަނީ ހާޓް އެޓޭކެއް ޖެހިގެން ނިޔާވެފައެވެ. ނިޔާވިއިރު އުމުރަކީ 28 އަހަރެވެ.

ރަންބީރާއި ޖުނެއިދު ވަރަށް ވައްތަރުކަން ހާމަވީ މިދިޔަ އަހަރު އޭނާ ނެގި ފޮޓޯތަކެއް މީސްމީޑިއާގައި އާއްމުވުމުންނެވެ.

ޚުދް ރަންބީރްގެ ބައްޕަ ރިޝީ ކަޕޫރު ވެސް ވަނީ އެއިރު އެފޮޓޯތައް ފެނިފައި ވަރަށް ހައިރާން ވެފައެވެ. ރިޝީ ބުނެފައިވަނީ އޭނަގެ ދަރިފުޅުގެ "ޑަބަލް" އެއް އުޅޭ ކަމަށާއި ވަކި ކުރަން ވެސް ނޭނގުނު ކަމަަށެވެ.

ރަންބީރު ކަޕޫރާއި ވައްތަރުވުމުގެ ސަބަބުން ޖުނެއިދު އަށް މޮޑެލް ކުރުމުގެ ފުރުސަތުތަކެއް ވެސް މުމްބައި އިން ލިބުނެވެ. އޭނާ އެނބުރި ކަޝްމީރަށް ދިޔައީ އޭނަގެ ބަލި ބައްޕަ ބެލުމަށް ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

މީސްމީޑިއާ ގައި އެތައް ބަޔަކު ވަނީ ޖުނެއިދު ނިޔާވުމުގައި ހިތާމަފާޅު ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!