ކަނޑުގަދަ ވެގެން ތިލަފުށި ކައިރިން މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލަައިފި!
 
                                                    މޫސުން ގޯސްވުމާއި ގުޅިގެން ކަނޑުގަދަވެ، ތިލަފުށި ކައިރިން މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައިފިއެވެ. ނަމަވެސް އޭގައި ތިބި ތިން މީހުން ވަނީ އެހެން ދޯންޏަކަށް ނަގާ، ސަލާމަތްކޮށްފައެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ބަންޑުން ޖަހާލާފައިވަނީ މާލެއިން ފުރައިގެން ތިލަފުއްޓަށް ދަތުރުކުރި "ސެކިއޯ ބޭގް" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެކެވެ. އޭގައި ތިބި ތިން ފަޅުވެރިން ނަގާފައިވަނީ "ވިލާ ހަކަތަ" ނަމަކަށް ކިޔާ ދޯންޏަކަށެވެ.
މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް ސްކޮޑްރޮން އަށް ލިބިފައިވަނީ މިއަދު ހަވީރު 17:10 ގައެވެ.
 
Ads by Ooredoo
 
 

 
		
 
		
 
		
 
		
