ޚަބަރު

ރައީސްގެ ހާއްސަ ސްކޮލަރޝިޕް 7 ދަރިވަރަކަށް ދެއްވައިފި

ދެން އެމްވީ ، ދެން އޮންލައިން

ފާއިތުވި 2019 ވަނަ އަހަރު އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން ހަތް ދަރިވަރަކަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަރޝިޕް ދެއްވައިފިއެވެ.

Ads by Sosun Fihaara

ސްކޮލަރޝިޕްތައް ލިބުނު ދަރިވަރުންނާއި، އެކަމުގެ ލިޔުން ވަނީ ހަވާލުކޮށްފައިވަނީ މިއަދު ހަވީރުބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ.

ސްކޮލަރޝިޕް ޙާސިލްކޮށްފައިވަނީ މިދިޔަ އަހަރު ސެންޓަރ ފޮރ ހަޔަރ އެޑިއުކެޝަން ސެންޓަރ (ސީއެޗްއެސްސީ)އިން މަތީ ޘާނަވީ ހާސިލް ކުރި 5 ދަރިވަރަކާއި އަލްމަދަރުޞަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއިން ޝަހާދާ ސާނަވިއްޔާ ނިންމި 2 ދަރިވަރެކެވެ.

ރައީސްގެ ހާއްސަ ސްކޮލަރޝިޕް ހާސިލް ކުރި ކުދިން:

  • އައިޝަތު ރިޒްލާ އުމަރު. ވިނަމާގެ/ހދ. ކުޅުދުއްފުށި
  • މަރިޔަމް ރޫޔާ އިސްމާއިލް. ގ. ހައްދުންމަތީގެއާގެ
  • މަރިޔަމް ސައިފާ ރަޝީދު. ދެވެލި/ ސ.ހުޅުދޫ
  • މަރިޔަމް ޒައިނާ މުހައްމަދު ސޯލިހް. މއ. ސިސިލްފަރު
  • ރާއިޝަ އަހުމަދު ފާއިޒު. ހ. ދެވެލިކިނާރާ
  • ޔޫސުފް އިނާޝް އިނާޒް. ދަފްތަރު ނަންބަރު: ދރ. 1651
  • އަލްހާފިޒާ އާލާ އަޒްމަތު ޖަމީލް. މއ. ނާރެސް

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވާހަކަފުޅު ދައްކަވަމުން މި އަހަރަކީ ޝަހާދަ ސާނަވީ އިމްތިޙާނު ނިންމި ދަރިވަރުންގެ ތެރެއިން އެއް ދަރިވަރަކަށްވުރެ ގިނަ ދަރިވަރުންނަށް މި ސްކޮލަރޝިޕް ލިބޭ ފުރަތަމަ ފަހަރު ކަން ފާހަގަކޮށްފައިވެއެވެ.

މި ދަރިވަރުންނަށް އެ ދަރިވަރަކު ބޭނުން ގައުމެއްގައި ބޭނުން ދާއިރާއަކުން ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު ސަރުކާރުން ހަމަޖައްސާ ދޭނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!