ޚަބަރު

އުނގޫފާރުން ނައިފަރަށް ދިޔަ ދެ މީހަކު ފައްސިވެ, ނައިފަރު މޮނިޓަރިން އަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރ. އުނގޫފާރުން ޅ. ނައިފަރަށް ދިޔަ ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެ ނައިފަރު މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.

Ads by MWSC

ޅ. އަތޮޅު ހޮސްޕިޓަލުން ބުނީ ނައިފަރުން ކޮވިޑް ކޭސްއެއް ފެނިފައިވާ ކަމަށާއި ފައްސި ވެފައި ވަނީ ރ. އުނގޫފާރަށް ދަތުރު ކޮށްފައިވާ މީހެއް ކަމަށެވެ. އަދި އެރަށުން ފައްސި ވެފައި ވަނީ ހޮސްޕިޓަލުގެ މުވައްޒަފެއް ކަމަށް ޅ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

ނައިފަރުން މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން އެރަށް މިހާރު އޮތީ މޮނީޓަރިންގެ ހާލަތުގައެވެ. މިކަމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިޔަށްދާކަމަށް ނައިފަރު ކައުންސިލުން ބުނެއެވެ.

ރ. އުނގޫފާރުން މިދިޔަ ހަފުތާގައި ބަޔަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން، އެ ރަށަށް ދަތުރުކުރި އެންމެން ކަރަންޓީނު ވާން ވަނީ އަންގާފައެވެ. އެ ރަށުން ގިނަ އަދަދެއްގެ ސާމްޕަލް ނަގާފައިވާއިރު މިހާތަނަށް ނެގި ސާމްޕަލްތަކުން އެއްވެސް މީހަކު ބައްޔަށް ފައްސިވެފައެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!