ދުނިޔެ

ކޮވިޑް-19: މަރުވި މީހުންގެ އަދަދު 600000 ން މައްޗަށް، އެންމެ ގިނައީ އެމެރިކާ މީހުން

ދެން އެމްވީ ، ދެން އޮންލައިން

މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު 600،000 އަށް ވުރެ މައްޗަށް އަރައިފި ކަމަށް ރިކޯޑު ތަކުން ދައްކައިފިއެވެ.

Ads by WAMCO

"އަލްޖަޒީރާ" އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މިބަލި ޖެހިގެން 603،000 މީހުން ވަނީ މަރުވެފައެވެ.

މީގެއިތުރުން އެރިޕޯޓުގައި ބުނެފައިވަނީ، ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައިވަނީ އެމެރިކާއިން ކަމަށާއި އެޤައުމުން މިހާތަނަށް 140،000 މީހުން މިބަލީގައި މަރުވެފައިވާ ކަމަށެވެ. އެންމެ ގަދަޔަށް މިބަލި މިހާރު ފެތުރެމުން އަންނަނީ ވެސް އެމެރިކާގައި ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

އެމެރިކާގެ އިތުރުން ބްރެޒިލް އާއި އިންޑިއާ އަދި ދެކުނު އެފްރިކާގައި ވެސް ކޮވިޑް އަންނަނީ ރިކޯޑް އަދަދަކަށް ފެތުރެމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!