ޝިފާއު ގެ ފާޑުކިޔުން ޑރ. ނިޔާފަށް: ހަޖަމް ނުވާ މީހުން ވެސް އުޅޭދޯ
ޤައުމަށް ދިމާވެފަައިވާ ސިއްޙީ ކުއްލި ނުރައްކަލެއްގެ ހާލަތެއްގައި މިސްކިތްތައް ބަންދުކުރެވޭ ހާލަތައްދާނަމަ، ރައްޔިތުންގެ މަޖިލިސް ވެސް ބަންދު ނުކުރެވެންވީ ހާލަތަކަށް ނުދާންވީ ސަބަބެއް ނެތް ކަމަށް ނިއުރޯސާޖަން ޑރ. އަލީ ނިޔާފް ވިދާޅުވުމުން، ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ފާޑު ވިދާޅުވެއްޖެއެވެ.
ރޭ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ނިޔާފް ވިދާޅުވީ ބައްޔެއް ފެތުރެމުންދާ ހާލަތެއްގައި ސަލާމަތީ ކަންކަން ނެތް ތަނެއްގައި އެއްވެސް ބަޔަކަށް ބައްދަލުވުމެއް ނުބޭއްވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ޑރ. ނިޔާފް ވިދާޅުވީ މިސްކިތެއް ހުއްޓުވޭ ހާލަކަށް ދެވެންޏާ ރައްޔިތުންގެ މަޖިލިސް ހުއްޓުވޭނެ ހާލަތަކަށް ނުދާންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
މީގެއިތުރުން ބައްޔެއް ފެތުރެމުންދާ ހާލަތެއްގައި، ސަލާމަތީ ކަންކަން ނެތް ތަނެއްގައި އެއްވެސް ބަޔަކަށް ބައްދަލުވުމެއް ނުބޭއްވޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް ވެސް ޑރ. ނިޔާފް ވިދާޅުވެފައިވެއެވެ.
ޑރ. ނިޔާފް ދެއްކެވި ވާހަކަތަކަށް ފާޑުވިދާޅުވަމުން އެމްޕީ ޝިފާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބަޔަކު ޤައުމީ ޙިދުމަތުގައި ތިބުމުން ހަޖަމް ނުވާ މީހުން އުޅޭ ކަމަށެވެ.
Haadha varakah Majlis ah alhaaganegen. Bayaku gaumee hidhumathuga thibeemaves hajam nuvaa meehun ulhey dho.
— MP Mohamed Shifau (@mhshifau) July 19, 2020