ދުނިޔެ

ޖުލައި 31 އަކީ އަޟްޙާ ޢީދު ދުވަސް ކަމުގައި ސައުދީ އަރަބިއާއިން ކަނޑައަޅައިފި

ދެން އެމްވީ ، ދެން އޮންލައިން

ދުބާއީ: ޖުލައި މަހުގެ 31 ވާ ހުކުރު ދުވަހަކީ މިއަހަރުގެއަަޟްޙާ ޢީދު ދުވަސް ކަމުގައި ސައުދީ އަރަބިއާގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

Ads by WAMCO

އެޤައުމުގެ ސުޕްރީމް ކޯޓުން ނިންމި ގޮތުގައި މާދަމާ (21 ޖުލައި ވާ އަންގާރަ ދުވަހަކީ) ޛުލްޤައިދާ މަހުގެ 30 ވަނަ ދުވަހެވެ. އަދި 22 ޖުލައި ވާ ބުދަ ދުވަހަކީ ޛުލް ޙިއްޖާ މަހުގެ އެއްވަނަ ދުވަހެވެ.

ކޮންމެ އަހަރަކުވެސްއަަޟްޙާ ޢީދު ދުވަހަކީ ޛުލް-ޙިއްޖާ މަހުގެ 10 ވަނަ ދުވަސް (އަރަފާތު ދުވަހާއި ޖެހިގެން އަންނަ ދުވަސް) ކަމުގައިވުމުން، މިއަހަރުގެ އަޟްޙާ ޢީދު ދުވަހަކީ 31 ޖުލައި ވާ ހުކުރު ދުވަސް ކަމުގައި ސައުދީ އަރަބިއާ ގެ ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.

މިއެންގުން ސައުދީ ސުޕްރީމް ކޯޓުން އަންގާފައިވަނީ އެޤައުމުގެ ހަނދުބަލާ ކޮމިޓީގެ ވެސް ހާޒިރުގައި އެބޭފުޅުން ވެސް އެކަމަށް ޔަގީންކަން ދެއްވައިގެން ކަމަށް އެނިންމުމުގައިވެއެވެ.

ހަނދުބަލާ ކޮމިޓީންް ބުނެފައިވަނީ ޛުލްޙިއްޖާ މަހަށްމިރޭ ހަނދު ބެލިއިރު، ހަނދު ފާޅުވެފައި ނުވާ ކަމަށާއި، ޔަގީން ކަމާއެކު މާދަމާރޭ (އަންގާރަ ދުވަހުގެ ރޭ) ފާޅުވެފައި ހުންނާނެ ކަމަށެވެ. އެހެންކަމުންް ޛުލް ޙިއްޖާ މަހުގެ އެއްވަނަ ދުވަހަށް ވާނީ ބުދަ ދުވަސް ކަމުގައި އެކޮމިޓީން ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!