މުނިފޫހިފިލުވުން

ސުޝާންތުގެ ހަޔާތަށް ނެރޭ ފިލްމުގައި ސުޝާންތު އާ ވައްތަރު މީހެއް

ދެން އެމްވީ ، ދެން އޮންލައިން

ސުޝާންތު ސިންގް ރާޖްޕުތު ގެ ހަޔާތުގެ މައްޗަށް ބިނާކޮށް ވިޖޭ ޝޭކަރު ގުޕްތާގެ ޕްރޮޑަކްޝަން ހައުސް އިން ނެރޭ ފިލްމު، “ސުއިސައިޑް އޯރު މާޑާ“ ގައި ފެނިގެންދާނެ ތަރިއެއް ބަލާލުމަށް ގިނަ ބަޔަކު ތިބީީ ކެތްމަދުވެފައެވެ. ބެލުންތެރިންގެ މި އިންތިޒާރަށް މިހާރު މިވަނީ ނިމުން އައިސްފައެވެ.

Ads by MWSC

ދާދި ފަހުން މިވަނީ މި ރޯލަށް ސުޝާންތު ސިންގް ރާޖުޕުތުގެ ރޯލަށް އޭނާއާ ވައްތަރު ކަމަށް ބުނާ، ސަޗިން ތިވާރީ ހަމަޖައްސައި ފިލްމުގެ ޕޯސްޓަރު ވެސް އާންމުކޮށްފައެވެ. މި މީހާ އަކީ ސުޝާންތުގެ މަރަށް ފަހު ޓިކްޓޮކްގައި ސުޝާންތު އާ ވައްތަރު ކަމަށް ބުނެގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔަ މީހެކެވެ.

ޕްރޮޑަކްޝަން ހައުސް އިން މި ފިލްމުގެ ފުރަތަމަ ޕޯސްޓަރު އާންމުކުރަމުން ބުނެފައިވަނީ އެ ފިލްމަކީ ސުޝާންތުގެ ހަޔާތަށް ނެރޭ ފިލްމެެއް ނޫންކަމަށެވެ. އަދި އެއީ ސުޝާންތުގެ ދިރިއުޅުމުން އިންސްޕަޔާވެގެން އުފައްދާ ފިލްމެއް ކަމުގައި ބުނެފައިވެއެވެ.

މި އަހަރު ސެޕްޓެމްބަރު މަހުގައި މި ފިލްމުގެ ޝޫޓިންތައް މުމްބާއީ އާއި ޕަންޖާބުގައި ފަށާނެއެެވެ.

މި ފިލްމު ރިލީޒް ކުރެވޭނެ ކަމަށް ބެލެވެނީ ޖެނުއަރީ މަހުގެ ތެރޭގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!