5300 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު އައު ރެކޯޑެއް

މިއަހަރު މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ އިއްޔެކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަ ކުރައްވައިފިއެވެ.
އިއްޔެ 5375 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މީގެ ކުރިން އެންމެ ގިނަ ފަތުރުވެރިން މިއަހަރު އައިސްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެ އައިސްފައި ވަނީ 5100 ފަތުރުވެރިންނެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ މިކަމާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ކަމާ ގުޅުންހުރި އިދާރާތަކުން ކުރަމުންދާ މަސައްކަތް ފާހަގަ ކުރައްވައި މަރުޙަބާ އާއި ޝުކުރު އަދާ ކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 272000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.