ޚަބަރު

މަގާމުން ވަކިކުރީ ޖަލު ހިލުވާލަން ކޯލިޝަނުން ކުރި މަސައްކަތް ނާކާމިޔާބު ވުމުން: މުނާޒް

ދެން އެމްވީ ، ދެން އޮންލައިން

ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމުން ވަކިކުރީ ޖަލު ހިލުވާލަން ކޯލިޝަނުން ކުރި މަސައްކަތް ނާކާމިޔާބު ވުމުން ކަމަށ އަބްދުﷲ މުނާޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

މަގާމުން ވަކިކުރުމާ ގުޅިގެން މުނާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ކަރެކްޝަންސްގައި ހުންނެވިއިރު ޖަލު ހިލުވާލަން ކޯލިޝަނުގެ ތެރެއިން އަދި ބޭރުން ގުޅިގެން ކުޅުނު ކުޅިގަނޑު ކާމިޔާބު ނުވުމުން މިއަދު އޭނާ ވަޒީފާ އިން ވަކި ކުރުމަކީ ލިބުނު ކާމިޔާބެއް ކަމަށެވެ.

މުނާޒު މަގާމުން ވަކިކުރުމަށްފަހު ވަގުތީގޮތުން ކޮމިޝަނަރ އޮފް ޕްރިޒަންގެ މަގާމު ހަވާލުކުރައްވާފައިވަނީ އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސަސްގެ މަގާމުގައި ހުންނެވި އަހުމަދު މުހައްމަދު ފުޅާއެވެ.

މުނާޒު މަގާމުން ވަކިކޮށްފައިމިވަނީ ޖަލުތަކުގެ ހާލަތު ދަށްވެ، ޖަލުތަކާ މެދު އާއްމުންގެ ޝަކުވާ ވަރަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް މުނާޒު އައްޔަން ކުރައްވާފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!