ދުނިޔެ

އޮސްޓްރޭލިއާގެ ހިސާބެއްގައި ކޮވިޑް-19 އަށް ޓެސްޓު ކުރާ ކޮންމެ މީހަކަށް 300 ޑޮލަރު، ފައްސި ވެއްޖެ ނަމަ 1500 ޑޮލަރު.

ދެން އެމްވީ ، ދެން އޮންލައިން

އޮސްޓްރޭލިއާގެ ހިސާބެއްގައި ކޮވިޑް 19 އަށް ޓެސްޓު ކުރާ ކޮންމެ މީހަކަށް 300 ޑޮލަރު ދޭން ނިންމައިފިއެވެ. މި ގޮތަށް ޓެސްޓު ކުރުމުން ފައިސާ ލިބެނީހަމައެކަނީ ވިކްޓޯރިއާ ރެޒިޑެންސްގައި ދިރިއުޅޭ ފަރާތްތަކަށެވެ.

Ads by Sosun Fihaara

އެގޮތުން މި ފައިސާ ބޭނުންވާ މީހުން މި ފައިސާ ހޯދުމަށް ޓަކައި ވަޒީފާގެ ޕޭ ސްލިޕެއް ދައްކަން ޖެހޭ ކަމަށް އެ ގައުމުގެ މީޑިއާތަައް ރިޕޯޓް ކުރެއެވެ. ނަމަވެސްއެމީހުންނަށް މި ފައިސާ ލިބެނީ ވަޒީފާއެއްގައި އުޅެ އެ ވަޒީފާއަށް މީގެ ކުރިން ސަލާން ނުބުނާ ފަރާތް ތަކަށެވެ.

ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ފަހު ޕޮސިޓިވް ވެެއްޖެ ނަމަ 300 ޑޮލަރުގެ އިތުރުން 1500 ޑޮލަރު ލިބެއެވެ.

އޮސްޓްރޭލިއާގެ ސިޔާސީ ބޭފުޅެއް ކަމުގައިވާ ޕްރިމިއަރ ޑެނިއަލް އަންޑްރިއު ކިޔާ ފަރާތަކުން ބުނެފައިވައި ގޮތުގައި މި ކަމުގެ ސަބަބުން ކޮވިޑް 19 ފެތުރުންކޮންޓްރޯލް ކުރުމުގައި އެހީތެރިވެދޭ ކަމަށެވެ.

ނަމަވެސް ފާއިތުވި 24 ގަޑިއިރު ތެރޭގައި ވެސް މި ހިސާބުން ވަނީ 403 މީހަކު ކޮވިޑް 19 އަށް ފައްސިވެ 5 މީހަކު މި ބަލީގައި ދުނިޔެ ދޫކޮށްފައެވެ

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!