ދުނިޔެ

ސައުދީ ރަސްގެފާނުގެ ގޯލްބްލެޑަރ އޮޕްރޭޝަން ކާމިޔާބު!

ދެން އެމްވީ ، ދެން އޮންލައިން

ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ގޯލް ބްލެޑަރ (ފިތް) ނެގުމުގެ ސާޖަރީ ކާމިޔާބު ކަމާއެކު ކޮށް ނިންމާލައިފިއެވެ.

Ads by Sosun Fihaara

މި އޮޕްރޭޝަނަށް ފަހު ހޯދަން ޖެހޭ އިތުރު ފަރުވާ ހޯއްދެވުމަށް މިވަގުތު އެ މަނިކުފާނު ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ.

އެމަނިކުފާނުގެ ހާލުކޮޅު މަޑުމަޑުން އަންނަނީ ރަނގަޅު ވަމުން ކަމުގައި މީޑިއާތަކުން ރިޕޯޓް ކުރެއެވެ. ސައުދީގެ ގައުމީ މީޑިއާ އިން ރިޕޯޓް ކޮށްފައިވާ ގޮތުގައިއެމަނިކުފާނުގެ ގޭލްބްލެޑަރ (ފިތް) ވަނީ މި އޮޕްރޭޝަން ގައި ނަގާފައި ކަމަށެވެ.

އަންގާރަ ދުވަހުގެ ވަގުތެއްގައި އެ މަނިކުފާނު ވަނީ ކެބިނެޓް ބައްދަލު ވުމެއް ހޮސްޕިޓަލުގައި އޮންނަވާ، އޮންލައިން ކޮށް ބާއްވަވާފައެވެ. މި ބައްދަލު ވުމުގައިއެމަނިކުފާނު ގޮނޑިއެއްގެ ކައިރީގައި އިންނަވައި ކެބިނެޓުގެ މިނިސްޓަރުންނާ ބައްދަލު ކުރެއްވިއެވެ.

އެ މަނިކުފާނުގެ އުމުރުފުޅަކީ މިހާރު 84 އަހަރެވެ. އެމަނިކުފާނު ސައުދީގެ ރަސްކަމާ ހަވާލު ވީ 2015 ވަނަ އަހަރުއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!