ދުނިޔެ

މަންމައަށް ކޮވިޑް ޖެހުނަސް ދުރުގައި ނުހުރެވި، ފަހުވަގުތާއި ޖެހެންދެން މަންމަ ކައިރިއަށްދިޔަ ޖިހާދުގެ ވާހަކަ!

ދެން އެމްވީ ، ދެން އޮންލައިން

މައިމީހާ ދެކެ އިންތިހާއަށް ލޯބިވީ ފަލަސްތީނު މީހެއްގެ ވާހަކައެވެ.

Ads by Sosun Fihaara

ހިބްރޫންގެ ހޮސްޕިޓަލެއްގައި އެޑްމިޓު ކޮށްފައި އޮތް ރަސްމާ ސަލީމާ އާއި އޭނާގެ ދަރިފުޅު ޖިހާދް އަލް-ސުވައިތީ (30އ.) ސީދާ ބައްދަލުކުރުމަށް ޑޮކްޓަރުން މަނާކުރީ ރަސްމާއަށް ކޮވިޑް-19 ޖެހިފައިވުމުންނެވެ.

ޖިހާދުގެ މަންމަ އޭނާއާއި ވަކިކޮށް ހޮސްޕިޓަލުގެ ވަކިތަނެއްގައި ބޭއްވިއެވެ. ނަމަވެސް މަންމަ ނުފެންނަ ހިސާބުގައި ހުރުމަކީ ޖިހާދަށް ކެތް ކުރެވޭވަރު ކަމަކަށް ނުވިއެވެ. ކޮންމެ ދުވަހަކުމެ ހޮސްޕިޓަލުގެ ފާރުބުރިމަތިން އަރައިގެން އޭނާގެ މަންމަ ބާއްވާފައި އޮތް ކޮޓަރީގެ ކުޑަދޮރުން ބޭރުގައި އިށީންދެގެން މަންމައަށް ބަލަން ޖިހާދު އިނެވެ.

ކޮންމެ ދުވަހަކުމެ އޭނާގެ މަންމަ ދުށުމަށް ޖިހާދު ފާރުބުރި މަތިން އަރާ މަންޒަރު މީހަކު ވަނީ ރިކޯޑުކޮށް މީސްމީޑިއާގައި ހިއްސާ ކޮށްފައެވެ.

ނަމަވެސް މިހާރު އެމަންމަ ވަނީ ޖިހާދު އާއި މުޅި އުމުރަށް ވަކިވެފައެވެ. ކޮރޯނާ ވައިރަހާއި ހަނގުރާމަކޮށް ވަރުބަލިވެގެން ރަސްމާގެ ފުރާނަ އޭނާގެ ހަށިގަނޑާއި ވަކިވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!