Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެމްއެމްޕީއާރްސީ މައްސަލައިގައި ދައުވާކުރާ ފަރާތްތައް ކަމަށް ބުނެ ދައުރުކުރަނީ ފޭކް ލިސްޓެއް: ޕީޖީ

އެމްއެމްޕީއާރްސީ މައްސަލައިގައި ދައުވާކުރާ ފަރާތްތައް ކަމަށް ބުނެ ދައުރުކުރަނީ ފޭކް ލިސްޓެއް: ޕީޖީ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ދައުވާ ކުރުމަށް ނިންމާފައިވާ ފަރާތްތަށް ކަމަށް ބުނެ ދައުރު ކުރަމުން އަންނަ ލިސްޓަކީ ސައްހަ ލިސްޓެއް ނޫންކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

މިމަހުގެ 23 ވަނަ ދުވަހު އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދު މީޑިއާތަކާއި ބައްދަލު ކުރައްވާ ވިދާޅުވީ މިހާރު ކުރަމުން ދަނީ 32 ކޭސްއެއްގެ މަސައްކަތް ކަމަށާއި އޭގެ ތެރެއިން މިހާރު ކޯޓަށް ހުށައަޅާފައިވާ ދެ ކޭހުގެ އިތުރުން އިތުރު ފަސް ކޭހެއް ކުރިއަށް އޮތް ހަފްތާތަކުގައި ކޯޓަށް ހުށައެޅޭނެ ކަމަށެވެ. އަދި މިއާއެކު ޕީޖީން ދައުވާ ކުރަން ނިންމާފައިވާ ބުނާ ލިސްޓެއް ވެސް އަންނަނީ ދައުރުވަމުންނެވެ.

އެލިސްޓާއި ގުޅޭގޮތުން އޮންލައިން ނޫސް "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ އެއީ ތެދު ލިސްޓެއް ނޫންކަމަށާއި އެމައްސަލައިގައި ތަހުގީގު ކުރާނެ ތަރުތީބު ކަނޑައެޅުމަކީ އިންވެސްޓިގޭޓަރުންގެ ކަމެއް ކަމަށެވެ.

Advertisement
Ooredoo — Square (box)

މީގެ އިތުރުން ޕީޖީ ޝަމީމް ވިދާޅުވީ މިކަމުގައި ހަގީގަތާއި ހިލާފު މައުލޫމާތު ނުފެތުރުމަށް އެދިވަޑައި ގަންނަވާ ކަމަށެވެ.

"މީ ޕަބްލިކް އިންޓްރެސްޓް ހުރި ކަންކަން ވީމަ، ދައުވާ ކުރުން ކަހަލަ ކަމެއް ކުރަންޏާ، މީޑިއާ މެދުވެރިކޮށް ޕަބްލިކަށް ސާފު މައުލޫމާތު ފޯރުކޮށްދޭނަން. ދޮގު ވާހަކަ ނުފެތުރުމާއި ހަގީގަތަށް ނުވާ ވާހަކަ ނުދެއްކުން އެދެން. ހާއްސަކޮށް މީޑިއާ ގެ އެތިކްސް ހިފެހެއްޓުން. މަސްދަރު ހާމަކުރަން ނުޖެހެޔޭ ބުނީމަ، އޭގެ ނާޖައިޒު ފައިދާ ނަގައިގެން ފިތުނަ އުފައްދަން މަސައްކަތް ކުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ނޫން" ޕީޖީ ވިދާޅުވެފައި ވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް