ފްލައިޓެއްގައި މާސްކު އަޅަން ދެކޮޅު ހެދި އަންހެން ފަސިންޖަރެއް، އެހެން ހުރިހާ ފަސިންޖަރުން ވެގެން ފްލައިޓުން ބާލައިފި.
ކޮވިޑް-19ގެ ބިރުވެރިކަން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ދުވަސްވަރުގައި ގިނަ ބަޔަކު ދަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަބަދުވެސް މާސްކުއަަޅަމުންނެވެ.
އެހެންނަމަވެސް މި ކަންތައްތަކާއެކުވެސް މާސްކު ބޭނުން ނުކުރާ މީހުން އުޅޭ ކަން ފާހަގަ ކުރެވެއެެވެ. އަދި އިޖުތިމާއީ ގައިދުރުކަން ނުބަހައްޓާ މީހުން އުޅޭކަން ވެސް ފާހަގަ ކުރެވެއެވެ.
މި ފަހަކުން ފްލައިޓެއްގައި މާސްކު އަޅަން ދެކޮޅު ހެދި އަންހެނަކު ވަނީ ފްލައިޓުން ބާލާފައެވެ. އެމެރިކާގެ މި އަންހެން މީހާ މާސްކު އެޅުމަށް ދެކޮޅު ހެދުމުންއެހެން ފަސިންޖަރުންވަނީ އޭކަމާ ޝަކުވާ ކޮށް އޭނާ ފްލައިޓުން ބާލަން އެދިފައެވެ.
އެމެރިކާގެ އޮހިއޯ އިން ނޯރތު ކެރޮލައިނާ އަށް ދަތުރު ކުރި މި ފްލައިޓުން މި އަންހެން މީހާ ބާލާ މަންޒަރު އެހެން ފަސިންޖަރަކު ވަނީ އިންސްޓަގްރާމްގައިހިއްސާ ކޮށްފައެވެ.
މި އަންހެން މީހާ ވަނީ މާސްކު އެޅުމަށް ދެކޮޅު ހަދާ ފްލައިޓުގެ ކުރޫ އިންނާ ޒުވާބުކޮށްފައި ކަމަށް މި ވީޑިއޯ އިންސްޓަގްރާމްގައި ހިއްސާކުރި ފަސިންޖަރުލިޔެފައިވެއެވެ.
އަދި އެކަމާ ރުޅި އައިސް އެހެން ފަސިންޖަރުން މި އަންހެން މީހާއާއި ދިމާލަަށް އެއްޗެހި ކިޔާ މަންޒަރުވެސް މި ވީޑިއޯ އިން ދައްކުވައިދެއެވެ.
މި އަންހެން މީހާ ފްލައިޓުން ބޭލުމުން އެހެން ފަސިންޖަރުން ވަނީ އެކަމާ އުފާ ފާޅުކޮށްފައެވެ. އެގޮތުން އޭނާ ފޭބުމުން އަތްތިލަބަޑި ޖަހާ އެކަން ވަނީފާހަގަކޮށްފަައެވެ.
ކޮވިޑް-19ގެ ބިރުވެރިކަން އަދިވެސް ފިލައިގެން ގޮސްފައި ނުވާއިރު ކޮންމެ މީހަކުވެސް އާންމު ތަންތަނުގައި އުޅޭއިރު އަނެކާގެ ރައްކާތެރިކަމާމެދު ވިސްނަންވާނެ ކަން ގައިމެވެ.