ދުނިޔެ

" އައިފޯނު11ގައި އިންނަ 'އައި' ގެ މާނަ އަކީ އިންޑިއާގައި އުފައްދާފައިވާ އެއްޗެއް"

ދެން އެމްވީ ، ދެން އޮންލައިން

އައިފޯނުގެ ނަމުގައި އިންނަ 'އައި' މާނަ އަކީ އިންޑިއާ ގައި 'އުފައްދާފައިވާ އެއްޗެއް' ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

Ads by WAMCO

އިންޑިއާ ނޫސްތަކުން މި ފަދައިން ބުނެފައިވަނި އައިފޯނު 11 ގެ މޮޑެލްގެ ފޯނު އިންޑިއާގައި އުފައްދަން ފެށުމާއި ގުޅިގެންނެވެ. އެގޮތުން އިންޑިއާގައި އައިފޯނު 11 އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަނީ ޗެންނާއި ގައި ހުންނަ ފޮކްސްކޮން ޕްލާންޓުންނެވެ.

މިއީ ފަހުގެ ނަން ހިނގާ އައިފޯނެއް އިންޑިއާގައި އުފައްދަން ފެށި ފުރަތަމަ ފަހަރެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ފިޔަވަހިތަކަކަށް ބަހާލައިގެން އައިފޯނު 11 އުފެއްދުމުގެ މަސައްކަތް އިންޑިއާ ކުރިއަށްދަމުން ދާއިރު އެޕަލް އިން އިންޑިއާގައި އުފައްދާ އައިފޯނު އެކްސްޕޯޓު ކުުރުމުގެ ވިސްނުމެއް ވެސް ދަނީ ގެންގުޅެމުންނެވެ. އަދި އެކަމުގެ ސަބަބުން ޗައިނާ އަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނެއެވެ.

އެޕަލް އިން އަންނަނީ 2020 ވަނަ އަހަރު ނެރުނު އައިފޯނު އެސްއީ ގެ މޮޑެލް ވެސް އިންޑިއާގައި އުފައްދަން ފެށުމަށް މަޝްވަރާ ކުރަމުންނެވެ. އެގޮތުން އައިފޯނު އެސްއީ އުފައްދާނީ ބެންގަލޫރުގައި ހުންނަ ވިސްޓްރަން ޕްލާންޓުގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!