ދުނިޔެ

އިންޑިއާގެ ކޮވިޑް ސެއްޓަރެއްގެ ތެރޭގައި 14 އަހަރުގެ ކުއްޖަކު ރޭޕް ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގެ ކޮވިޑް ސެންޓަރެއްގައި ހުރި ކޮވިޑަށް ފައްސިވެފައިވާ މީހަކު، އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކޮށްފިއެވެ. ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އެމީހާ އެކުޑަ ކުއްޖާ ރޭޕް ކޮށްފައިވަނީ އެސެންޓަރުގެ ފާޚާނާ ތެރޭގައެވެ. އެއިރު ފާޚާނާގެ ބޭރުގައި ފިރިހެން މީހާގެ އެކުވެރިއަކު ގާޑަކަށް ބަހައްޓާފައި ހުރި ކަަމށް ވެސް ބުނެފައިވެއެވެ.

Ads by Sosun Fihaara

ނިއު ދިއްލީގެ ކޮވިޑް ސެންޓަރަކަށް އެކުޑަ ކުއްޖާއާއި އެދެ ފިރިހެނުން ވެސް ގެންގޮސްފައި ތިބީ ކޮވިޑަށް ފައްސި ވެގެންނެވެ.

މިހާދިސާ ހިނގާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައި ކަމަށާއި 14 އަހަރުގެ އެކުޑަ ކުއްޖާ ރޭޕް ކުރީ އުމުރުން 19 އަހަރުގެ ފިރިހެނެއް ކަމަށް ދިއްލީ ފުލުހުން ހާމަކޮށްފައިވެއެވެ.

މީގެއިތުރުން ފުލުހުން ބުނެފައިވަނީ ރޭޕް ކުރިއިރު ފާޚާނާއިން ބޭރުގައި ހުރި ފިރިހެން މީހާ ވަނީ އެމަންޒަރު ވީޑިއޯ ވެސް ކޮށްފައި ކަމަށާއި ފުލުހުން ވަނީ އެމީހާއާއި ރޭޕް ކުރި މީހާވެސް މިހާރު ހައްޔަރު ކޮށްފައިކަމަށެވެ.

މިހާދިސާ ހިނގި ވާހަކަ އަންހެން ކުއްޖާ ވަނީ އެސެންޓަރުގައި ހުރި އޭނާގެ އާއިލާ މީހަކަށް ކިޔައިދީފައެވެ. އެނގިފައިވާ ގޮތުގައި ފުލުހުންނަށް މިކަން އަންގާފައިވަނީ އެއާއިލާ މީހުންނެވެ.

"ދަ އިންޑިއަން އެކްސްޕްްރެސް" އާއި ވާހަކަ ދައްކަމުން ސީނިއާ ޕޮލިސް އޮފިޝަލް ޕަރްވިންދަރް ސިންގް ބުނެފައިވަނީ މިމައްސަލައިގައި ތުހުމަތުވާ ފަރާތްތަށް މިހާރު ހައްޔަރު ކޮށްފައިވީ ނަމަވެސް އެމީހުން ބަލިން ރަނގަޅު ވަންދެން އަދި ތިބީ ސަރުކާރުގެ ބެލުމުގެ ދަށުގައި، ކޮވިޑު ޖެހިގެން ތިބި ކުށްވެރިން ބަހައްޓާފައިތިބޭ ތަނެއްގައި ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!