ދުނިޔެ

ގޭގައި ތިބެގެން ވަޒީފާ އަދާކުރާ މީހުނަށް ރަނުގެ ފުރުސަތެއް!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އާއެކު ގިނަ ބައެއް ގެ ވަޒީފާ މިވަނީ ގޭގެ ސިޓިން ރޫމުތަކަށް ބަދަލުވެފައެވެ. އެގޮތުން ގޭގައި އިނދެ، އޮންލައިން ކޮށް ކިޔެވުމާއި ވަޒީފާ އަދާކުރުން މި ވަނީ އާންމު ވެފައެވެ. މިފަދަ ގިނަ މީހުންގެ ޝަކުވާ އަކީ ގޭތެރޭގައި އިނދެ މަސައްކަތް ކޮށް ކޮށް ފޫހިވުމެވެ. ނުވަތަ މާހައުލު ބަދަލުކޮށްލަން ބޭނުންވުމެވެ.

Ads by WAMCO

ބާމިއުޑާ އިން ވަނީ މިފަދަ ފަރާތްތަކަށް ރަނުގެ ފުރުސަތެއް ހުޅުވާލާފައެވެ. ބާމިއުޑާ އޭ ބުނުމުން ބާމިއުޑާ ޓްރޭންގަލް ގިނަ ބަޔަކަށް ސިފަ ވެދާނެއެވެ. ނަމަވެސް މި ދައްކަނީ އެމެރިކާގެ އިރު އުތުރުން އޮންނަ ގައުމެއްގެ ވާހަކައެވެ. ޓުރިސްޓުން ތެރޭގައި މަގުބޫލު މަންޒިލެއް ކަމުގައިވާ ބާމިއުޑާގެ އެންމެ ހާއްސަ ސިފަ އަކީ އެ ގައުމަށް ލިބިފައިވާ ފިޔާތޮށި ކުލައިގެ ގޮނޑުދޮށްތަކެވެ.

ބާމިއުޑާ ސަރުކާރުން މިވަނީ އޮންލައިން ކޮށް ކިޔަވާ ވަޒީފާ އަދާކުރަމުން އަންނަ ފަރާތްތަކަށް ހާއްސަކޮށް އެއް އަހަރު ދުވަހު އެ ގައުމުގައި ހުރެވޭނެ ފަދަ ހާއްސަ ޕެކޭޖެއް ތައާރަފްކޮށްފައެވެ. އެއް އަހަރުގެ ހުރުމަށް ހޭދަވާނީ 263 ޑޮލަރު ކަމުގައި އެގައުމުން ހާމަކޮށްފައިވެއެވެ.

އެއް އަހަރު ދުވަސް މާ ދިގު ކަމަށް ހީވާ ފަރާތްތަކަށް ވެސް ފުރުސަތު އެބައޮތެވެ. ޓޫރިސްޓު ޕެކޭޖުގައި އެގައުމުގައި 90 ދުވަހާއި 180 ދުވަހާ ދެމެދު މަޑުކޮށްލެވޭނެއެވެ.

އޮގަސްޓު 1 ގައި މި ފުރުސަތުތަކަށް ޖާގަ ހުޅުވާލައިރު، ކުރިމަތިލާ ފަރާތްތައް ވާން ޖެހޭނީ 18 އަހަރުން މަތީގެ މީހުނަށެވެ. އަދި ހެލްތު އިންޝުއަރެންސް އެއް އޮވެ ވަޒީފާގައި އުޅޭކަން ނުވަަތަ ކިޔަވަމުން އަންނަ ކަން ޔަގީން ވާ ފަދަ ލިޔުމެއް ހުށަހަޅަން ޖެހޭނެއެވެ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!