ދުނިޔެ

ކޮވިޑް19: ހޮސްޕިޓަލަށް ދައްކާނެ 5 ރުޕީސް ނުލިބުނު މީހާ މަރުވީ ހޮސްޕިޓަލު ބޭރުގައި އޮވެ

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގެ ސަރުކާރު ހޮސްޕިޓަލެއްގެ ބޭރުގައި އޮވެ ކޮވިޑް19 ޖެހުނު މީހަކު މަރުވެއްޖެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި މީހާ މަރުވެފައިވަނީ ހޮސްޕިޓަލުގެ އެޑްމިޝަން އަށް ދައްކަން ޖެހޭ 5 ރުޕީސް އޭނާގެ އަންހެނުން އަތުގައި ނެތުމުން ފަރުވާ ނުދެވިގެންނެވެ.

Ads by Sosun Fihaara

ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވާ ގޮތުގައި އެ އަންހެން މީހާ އެހީއަށް އެދި އެތައް ބައެއް ކައިރީގައި އެދިފައިވެއެވެ. ނަމަވެސް އެ ފިރިހެން މީހާ މަރުވިިރުވެސް އެއްވެސް މީހެއްގެ ފަރާތުން އެހީ ލިބިފައެއް ނުވެއެވެ. އަދި މަރުވި ފަހުން ހަށިގަނޑު ގެންދިއުމަށް މީހަކު އެހީވެފައިވަނީ ވެސް އެތައް ގަޑިއިރެއް ފާއިތުވީ ފަހުންނެވެ.

މި މައްސަލައާ ގުޅިގެން ބައެއް ފަރާތްތަކުން ބުނަމުން އަންނަ ގޮތުގައި ސަރުކާރު ހޮސްޕިޓަލުގައި އެޑްމިޝަން ޓިކެޓް މިހާރު ވަނީ ހިލޭ ކޮށްދީފައެވެ. ނަމަވެސް އެ އަންހެން މީހާ ބުނެފައިވާ ގޮތުގައި އެ ހޮސްޕިޓަލުން ތަކުރާރު ކޮށް އޭނާގެ ކައިރީގައި އެޑްމިޝަން ޓިކެޓް ގަނެެގެން ނޫނީ ނުވަދެވޭނެ ކަމަށާއި ފަރުވާ ނުދެވޭނެ ކަމަށް ބުނެފައިވެއެވެ.

މި މައްސަލަ ފެންމަތިވުމާއެކު އިންޑިއާގެ ސިއްހީ ނިޒާމް ފެއިލް ވެފައި މިންވަރު ހާމަވެގެންދާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!