ޚަބަރު

ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް އަހުމަދު މުހައްމަދުފުޅު

ދެން އެމްވީ ، ދެން އޮންލައިން

ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް، އިންސްޕެެކްޓަރު އޮފް ކަރެކްޝަންސްގެ މަގާމުގައި ހުންނެވި އަހުމަދު މުހައްމަދުފުޅު އައްޔަން ކުރައްވައިފި އެވެ.

Ads by STELCO

އޭނާ އެ މަގާމަށް އައްުޔަން ކުރައްވާފައިވަނީ ކޮމިޝަނަރު އޮފް ޕްރިޒަންސްގެ މަގާމުން އަބްދުﷲ މުނާޒް ވަކިކުރުމަށްފަހުއެވެ.

އަހުމަދު މުހައްމަދުފުޅު، އިންސްޕެެކްޓަރު އޮފް ކަރެކްޝަންސްގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ޖަލުތައް އޮޑިޓް ކުރި ކޮމިޝަންގެ މެންބަރެއްގެ ގޮތުގައިވެސް ވަނީ މަސައްކަތް ކުރައްވާފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކޮމިޝަނާ އޮފް ޕްރިޒަނާގެ މަގާމަށް އަބްދުﷲ މުނާޒް އައްޔަން ކުރެއްވީ ޑިސެންބަރު 25، 2018 ގައެވެ. އޭރު މުނާޒަކީ މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ މެންބަރެކެވެ.

މުނާޒަކީ އެމްއެންޑީއެފްގައި 24 އަހަރު ހިދުމަތް ކުރެއްވި ބޭފުޅެކެވެ. 2011 ވަނަ އަހަރު އޭނާ ވަނީ ޝަރަފުވެރިކަމާއެކު ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރައްވައިފަ އެވެ. އޭރު މުނާޒް ހުންނެވީ ފަސްޓް ލެފްޓެނަންޓްގެ މަގާމުގަ އެވެ. އެމްއެންޑީއެފްގެ ވަޒީފާއިން ވަކިވުމަށށް ފަހު ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސާވިސް އުފެއްދެވުމާ ގުޅިގެން އޭނާ ވަނީ ސްޕްރިންޓެންޑެންޓްގެ މަގާމަށް އައްޔަން ކުރައްވައި ޖަލުގެ އެންމެ އިސްވެރިޔާގެ މަގާމު އަދާކުރައްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!