ކައުންސިލްތަކުން ފުލުހުންނަށް ދޭ އެއްބާރުލުން ދިނުމުން އަމާންކަން ލިބޭނެ: މިނިސްޓަރު

ލާމަރުކަޒީ އުސޫލާއެކު ކައުންސިލްތަކުން ފުލުހުންނަށް ދޭ އެއްބާރުލުމުގެ ބަދަލުގައި ރަށަށް އަމާންކަން ލިބިގެންދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އދ.އޮމަދޫ ޕޮލިސް ޕޯސްޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމްރާން ވަނީ ރަށުގެ އިދާރާތައް ގުޅިގެން ރަށުގައި އަމާންކަން ގާއިމް ކުރެވޭނެ ގޮތްތަކަށް އަލިއަޅުވާލާފައެވެ.
"ލާމަރުކަޒީ އުސޫލުތައް ހަމަޖެހިގެންދާ ގޮތުން ކައުންސިލްތަކުން ފުލުހުންނަށް ދެވޭ އެއްބާރުލުމަކީ ރަށުގެ ކުށުގެވެށި ހަމަޖެހި އަމާން ސުލުހަވެރި ވެށްޓަކަށް ވުމަށްޓަކައި ވަރަށް މުހިއްމުކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.
އޮމަދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް މިނިސްޓަރު ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އޮމަދޫ ކައުންސިލާ ބައްދަލުކޮށް، ހޯމް މިނިސްޓްރީގެ ދާއިރާތަކުން އެރަށަށް ކޮށްދެވެން ހުރި ކަންކަން ވަނީ މަޝްވަރާ ކުރައްވާފައެވެ.
އެއްބާރުލުންްްްްްދިނަސް ޕޮލިހުން ފުލުހުންޖެހޭނެއެއްބާރުންދޭންޖެހޭނެ