"އެއްވެސް ޢިލްމެއްނެތި، ހަމައެކަނި ޕާޓީވެގެން ތަރައްޤީ ނުގެނެވޭނެކަން މި ވެރިކަމުން އެބަ އެނގޭ
އެއްވެސް ޢިލްމެއް ނެތި، ހަމަ އެކަނި ޕާޓީ ވެގެން ހޮވާ ބަޔަކަށް ތަރައްޤީ ނުގެނެވޭނެކަން މި ވެރިކަމުން އެބަ އެނގޭ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ހައުސިންގ މިނިސްޓަރަކަށް ހުންނަވައި ޑރ. މުއިއްޒު ހުންނަވައިގެން ރައީސް ޔާމީންގެ ސަރުކާރުން ހިންގި ތަރައްގީގެ މަޝްރޫޢުތަކުގެ ފޮޓޯތައް ހިއްސާ ކުރައްވައި، ޑރ.ޖަމީލް ވިދާޅުވީ، ސިންގަޕޫރު ފަދަ، ބްރިޖުތަކާއި ފްލެޓްތަކާއި ހައިވޭތަކާއި ހޮސްޕިޓަލް ހުރި ތަނަކަށް މާލެ ހައްދަވާފައިވާ ކަމަށެވެ.
"އެއްވެސް ޢިލްމެއްނެތި، ހަމައެކަނި ޕާޓީވެގެން ތަރައްޤީ ނުގެނެވޭނެކަން މިވެރިކަމުން އެބަ އެނގޭ. މޭޔަރައަކަށް ޑރ.މުޢިއްޒު މޭޔަރަކަށް ވުމުން ތަރައްޤީ ޔަޤީން ވާނެ" ޖަމީލް ވިދާޅުވިއެވެ.
ޑރ. މުޢިއްޒަކީ ކުރީގެ ރައީސް ޑރ.މުޙައްމަދު ވަހީދު ޙަސަން މަނިކުގެ ވެރިކަމުގައާއި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހައުސިންގ މިނިސްޓަރުކަން ކުރައްވައިފައިވާ ބޭފުޅެކެވެ.
އެ މަނިކުފާނަށް ތާޢީދު ކުރައްވާކަން ގިނަ ފަރާތްތަކުން ވަނީ ހާމަ ކޮށްފައެވެ. މިގޮތުން، ނިޝާން އިއްޒުއްދީންގެ ވެރިޔާ އުމަރު ޒާހިރުއާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު އަބްދުލް ކަރީމް (ރުކްމާ އަލީ) އާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގެ ފުރަތަމަ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރ ޝަމާޢިލާއި އެމްޑީޕީ އުފައްދަން މަސައްކަތް ކުރެއްވި ޝުޢައިބު އަލީ (ފުރަހަނި ޝުޢައިބު) އާއި އެމްޑީޕީގެ މެންބަރު އަދި ކުރީގެ ފިލްމީ ތަރި އަލީ ޝިޔާމްގެ އިތުރުން ޤައުމީ ޓީމުގެ ފޯވަޑް ޢަލީ އަޝްފާޤް (ދަގަނޑޭ) ހިމެނެއެވެ.
މާލޭގެ މޭޔަރު ކަމަށް ޕީޕީއެމުން ޑރ. މުހައްމަދު މުއިއްޒު އާ ދެކޮޅަށް ވާދަ ކުރައްވަނީ އެމްޑީޕީން ވާދަ ކުރައްވަނީ އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބުދުއްސައްތާރާއި އަމިއްލަ ގޮތުން ކުރިމަތިލައްވާ އަލްހާން ފަހުމީއެވެ.