ގޭ ދޮށުގައި މާ އަޑުގަދަކޮށް ސައިކަލު ދުއްވާތީ ޖަޔާ ބައްޗަން ރުޅި ގަދަވެއްޖެ
އަމީތާބު ބައްޗަން ގެ އަންހެނުން ޖަޔާ ބައްޗަން އަކީ އަބަދުވެސް ނޫސްތަކުން ޖާގަ ހޯދާ މީހެކެވެ. އޭނާގެ ހުންނަ ހަރުކަށި ކަމާއި އުސޫލުތަކުގެ ސަބަބުންނެވެ. ގޭގެ އެންމެން ކޮވިޑް19 އަށް ފައްސިވުމާ ގުޅިގެން ޖަޔާ މިހާރު ދިރިއުޅެމުން އަންނަނީ ގޭގައި އެކަންޏެވެ.
ގޭގައި އެކަނި އުޅެމުން އަންނަ އިރު ޖަޔާ ގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ގޭދޮށުގައި މާ ބާރަށް ސައިކަލާި ވެހިކަލް ދުއްވުމެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މިކަމާ ނުރުހުންވެސް ޖަޔާ މިވަނީ އެކަން ފުލުހަށް ރިޕޯޓު ވެސް ކޮށްފައެވެ.
އެގޮތުން އިއްޔެ ރޭގެ ވަގުތެއްގައި ޖާޔާ ވަނީ މި މައްސަލަ އާ ގުޅިގެން ފުލުހުންނަށް ގުޅައި މި މައްސަލަ ރިޕޯޓުކޮށްފައެވެ. މި ރިޕޯޓު ކުރުމާއެކު ފުލުހުން އެގޭ ދޮށަށް ދިޔަ ނަމަވެސް އޭރު އަޑުގަދަ ސައިކަލު ދުއްވި މީހުން އެތަނުން ގޮސްފައިވާ ކަމަށް އިންޑިއާ ނޫސްތަކުން ބުނެފައިވެއެވެ.
ކޮވިޑް ޖެހިގެން އަމީތާބަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އޭނާގެ ފިރިހެން ދަރިފުޅު، އަބީޝޭކް ބައްޗަން އާ އަންހެނުން އައިޝްވާރިޔާ ބައްޗަންގެ އިތުރުން ދަރިފުޅު އަރާދިޔާ ބައްޗަން އަށް ވެސް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. މި މީހުނަށް ފަރުވާ ދެމުން އަންނަނީ މުމްބާއީގެ ނަނަވާތީ ހޮސްޕިޓަލުގަ އެވެ.