Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރެކޯޑު އަދަދަކަށް މީހުން ފައްސި ވެއްޖެ، މިއަދު އެކަނިވެސް 137 ކޭސް!

ރެކޯޑު އަދަދަކަށް މީހުން ފައްސި ވެއްޖެ، މިއަދު އެކަނިވެސް 137 ކޭސް!

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 137 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މިއަދު ފައްސިވި 137 މީހުންގެ ތެރޭގައި ހިމެނެނީ 92 ދިވެހިންނާއި، ބަންގްލަދޭޝްގެ 31 މީހަކާއި، އިންޑިއާ ނުވަ މީހަކާއި ލަންކާގެ ހަތަރު މީހަކާއި ފިލިޕީންސް މީހެއް ކަމަށެވެ.

މި 137 މީހުންނާއެކު މި ބައްޔަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 3506 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން މިހާރު އަންނަނީ 929 މީހަކަށެވެ.

Advertisement
Ooredoo — Truecaller (box)

މިއަދު އެއްވެސް މީހަކު ބަލިން ރަނގަޅުވެފައިވާއިރު މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 2547 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވެފައި ވަނީ 15 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ނުވަ ދިވެހީންނާއި، ހަ ބިދޭސީންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް