ނައިބު ރައީސް ފައިސަލް ނަސީމް ވޯޓު ލައްވައިފި

މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބުގައި ނައިބު ރައީސް ފައިސަލް ނަސީމް ވޯޓު ލައްވައިފިއެވެ.
މީގެ އިރުކޮޅެއްކުރިން ނައިބު ރައީސް ވޯޓު ލާފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން ރައީސް ނަޝީދު ވެސް ވަނީ ވޯޓު ލައްވާފައެވެ.
މި އިންތިހާބުގައި މިހާތަނަށް އެއް ލައްކައަށް ވުރެ ގިނަ މީހުން ވަނީ ވޯޓު ލާފައެވެ.
މި އިންތިހާބުގައި އެމްޑީޕީން، 826 ކެނޑިޑޭޓުން ޕީޕީއެމްއިން 647 ކެނޑިޑޭޓުން، ޖުމްހޫރީ ޕާޓީން 115 ކެނޑިޑޭޓުން، އަދާލަތު ޕާޓީން 28 ކެނޑިޑޭޓުން، އެމްޑީއޭއިން 20 ކެނޑިޑޭޓުން، އެމްއާރްއެމް - 15 ކެނޑިޑޭޓުން، އެމްއެލްއެސްޑީޕީ 4 ކެނޑިޑޭޓުން އަދި ޑީއާރުޕީ 1 ކެނޑިޑޭޓަކު ވާދަ ކުރެއެވެ. އަދި އަމިއްލަ ގޮތުން 609 ކެނޑިޑޭޓަކު ބައިވެރިވިއެވެ.
މި އިންތިހާބުގައި 273،128 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު މިހާތަނަށް ވޯޓުލާފައި ވަނީ 36.2 ޕަސެންޓު މީހުންނެވެ.