ދުނިޔެ

އަނެއްކާވެސް އިންޑިއާ އިން ކޮރޯނާ ނައްތާލަން ގެރިގުއި އަޅައިގެން ބޭހެއް ހަދައިފި، މިފަހަރު "ކޭކެއް"!

ދެން އެމްވީ ، ދެން އޮންލައިން

ދެހްރާދޫން: ވައި ގައި ހަރުލާފައި ހުންނަ ކޮރޯނާ ވައިރަސް ނައްތާލެވޭނެ ކަމަށް ބުނެ، އިންޑިއާގެ އުއްތަރަކަންދް އާޔޫރްވެދިކް ޔުނިވާރސިޓީން ގެރި ގުއި އަޅައިގެން "ކޭކެއް" އުފައްދައިފިއެވެ.

Ads by Sosun Fihaara

އެޔުނިވާސިޓީގެ ބަޔޯމެޑިކަލް ސައިންސް ފެކަލްޓީން މިކޭކު އުފެއްދީ ގެރި ގުޔާއިއެކު ފަތްޕެލާވެލީގެ 15 ބާވަތް ވެސް އެއްކޮށްގެނެވެ.

"ދޫޕަމް ކަރްމާ" ގެ ނަމުން ނަންދީފައިވާ މިކޭކަކީ ކާން އުފެއްދި ކޭކެއް ނޫނެވެ. ނަމަވެސް މިއީ އޭގެ ފުލަށް ރޯކޮށްގެން، މުޅި ތަނަށް ދުން އެރުވުމުގެ ގޮތުން އުފައްދާފައިވާ ކޭކެކެވެ.

މިކޭކު އީޖާދު ކުރި މީހުން ބުނާ ގޮތުގައި، އޭގެން އަރާ ދުމުގެ ސަބަބުން ވައިގައި ހަރުލާފައި ހުންނަ ކޮރޯނާ ވައިރަސްތައް މަރުވެ، ނެތިގެން ދާނެއެވެ.

އުއްތަރަކަންދް ޔުނިވާސިޓީގެ ވައިޒް ޗާންސެލާރ ޕްެރޮފެސަރ ސުނިލް ކުމާރް ޖޯޝީ ބުނެފައިވަނީ އެމީހުން ތައްޔާރުކުރި އެކޭކުން ދުން އެޅުމުން 48 ގަޑިއިރު ވަންދެން އެސަރަޙައްދުގެ ވައި ސާފު ކޮށްދިން ކަމަށެވެ.

"މިކޭކަކީ އަހަރުމެންގެ ކާބަފައި ޒަމާނުގައި މިފަދައިން ބޭސް ތައްޔާރު ކުރި ގޮތް ދިރާސާ ކުރުމަށްފަހު ގެރީގެ ގުޔާއި އެހެނިހެން ފަތްޕެލާވެލި ބޭނުން ކޮށްގެން އުފެއްދި ކޭކެއް. މީގެން ދުން އެޅީމަ ދެ ދުވަސް ވަންދެން ވައި ހުންނާނީ ސާފުވެ، ހުރިހާ ވައިރަހަކުން ސަލާމަތްވެފަ" ސުނިލް ކުމާރު ބުންޏެވެ.

އެޔުނިވާސިޓީން މިހާރު އަންނަނީ މިފަދަ ގިނަ ކޭކުތަކެއް އުފެއްދުމަށް އެޤައުމުގެ ސަރުކާއާއިއެކު މަޝްވަރާކޮށް ޕްރޮޕޯސަލެއް ތައްޔާރު ކުރަމުންނެވެ.

"ސަރުކާރުން ކޮންމެ ދުވަހަކު ލައްކައަކަށްވުރެ ގިނަ ރުޕީސް އެބަ ހޭދަ ކުރޭ މަގުތަކުން ޖަރާސީމު ފިލުވާ ސެނިޓައިޒް ކުރަން. އަހަރުމެން އީޖާދު މިކުރި ކޭކު ޚަރަދު ކުޑަ ވެފައި ބޭނުން ކުރަން ފަސޭހަވެސް ވާނެ" ސުނީލް ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!