ޚަބަރު

ބައެއް ފޮށިތަކުގެ ނަތީޖާތައް އިއުލާން ކުރަން ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ދެން އިމޭޖްސް: އިބްރާހިމް ޝަމްވީލް

ބައެއް ވޯޓުފޮށިތައް ބަންދުކޮށް ވަގުތީ ނަތީޖާތައް އިއުލާން ކުރަން ފަށައިފިއެވެ.

Ads by MWSC

ބައެއް ސަރަހައްދުތަކުގެ ވޯޓުފޮށިތައް ބަންދުކޮށް މިހާރު ގުނައި ނިންމާ ނަތީޖާ ދަނީ އިއުލާން ކުރަމުންނެވެ.

މިއަދު ކުރިޔަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ 523 ފޮށި މިހާރު ވަނީ ބަންދުކޮށްފައެވެ. އަދި 53 ފޮއްޓެއްގެ ވޯޓު މިހާރު ވަނީ ގުނަން ފަށައިފައެވެ.

މި ފޮށިތަކުގެ ވޯޓު ގުނަމުންދާއިރު މި އިންތިހާބުގައި ގިނަ ކެންޑިޑޭޓުން ވަނީ ވޯޓަކަށް ދިޔުމަކާ ނުލައި އިންތިހާބު ކާމިޔާބުވެފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު އިރުއޮއްސި 18:50 އާ ހަމައަށް 178،280 މީހަކު ވަނީ ވޯޓުލައިފައެވެ. ވޯޓްލައިފައި ވަނީ 90،134 ފިރިހެނުންނާއި 88،146 އަންހެނުންނެވެ.

މިހާތަނަށް ވޯޓު ނުލާމީހުންގެ ޢަދަދު 36.33 އިންސައްތައަށް އަރާކަމަށް އިލެކްޝަންސް ކޮމިޝަނުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މި އިންތިހާބުގައި ބަހައްޓާފައި ވަނީ 713 ވޯޓު ފޮއްޓެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!