ދުނިޔެ

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޙައްޖުގެ މަތިވެރި އަޅުކަން ފަށައިފި!

ދެން އެމްވީ ، ދެން އޮންލައިން

ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅުތަކާއެކު މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން ފަށައިފިއެވެ.

Ads by Sosun Fihaara

އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރަނީ 10،000 އެއްހާ ޙައްޖާޖީންމެވެ. އެހެން އަހަރުތަކުގައި ފަސް މިލިއަނެއްހާ މީހުން ޙައްޖުގެ އަޅުކަން އަދާކުރެއެވެ.

ކޮވިޑާއި ގުޅިގެން މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރީ ހަމައެކަނި ސައުދީ އަރަބިއާގައި ދިރިއުޅޭ ބައެއް މީހުންނެވެ. އެމީހުންގެ ތެރޭގައި އެޤައުމުގެ މީހުންނާއި އެހެން ޤައުމުގެ މީހުން ވެސް ހިމެނެއެވެ. ނަމަވެސް އެހެން ޤައުމުތަކުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށް މިއަހަރު މީހުން ދިޔުން މަނަލެވެ.

ޙައްޖުގެ އަޅުކަން އަދާކުރަން ގޮސްފައިވާ މީހުންގެ ހިނި ހޫނުމިން ބަލައި، ކޮވިޑަށް ޓެސްޓުކޮށް ކުޑަ ދުވަސް ކޮޅަކަށް އެމީހުން ކަރަންޓީނު ވެސް ކޮށްފައިވެއެވެ.

ޙައްޖުގެ އަޅުކަން އަދާކުރާއިރު ޙައްޖާޖީން ތިބެން ޖެހެނީ، ފަސް ފޫޓު ދުރުމިނުގައި ގައިދުރުކޮށް މާސްކު އަޅައިގެންނެވެ.

މީގެ އިތުރުން ޙައްޖާޖީން އުޅޭނޫޅޭ ގޮތް ބެލުމަށް މިފަހަރު އެމީހުންގެ އަތުގައިވަނީ ޓެގް ވެސް އަޅުވާފައެވެ.

އެހެން އަހަރުތަކާއި ޚިލާފަށް މިފަހަރު ޙައްޖުގައި ކައުބަތުﷲ ގެފުޅަށް ބޮސްވެސް ނުދެވޭނެއެވެ.

ސައުދީގެ އިދާރާތަކުން ބުނީ މިފަހަރުގެ ހައްޖަށް ޓަކައި އެތަކެއް މޮބައިލް ކްލިނިކްތަކާއި އެމްބިއުލެންސްތައް ހާއްސަކޮށްފައިވާ ކަމަށެވެެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!