މުނިފޫހިފިލުވުން

ފްލައިޓުން ފަސް މީހަކު ފައްސިވުމުން ނުފުރި ހުރެ، ޔޫން މިހާރު ބޭސްފަރުވާއަށް ފުރައިފި!

ދެން އެމްވީ ، ދެން އޮންލައިން

ފިލްމީ ތަރި މުހައްމަދު ޔުނާން ގެ ހަގު ދަރިފުޅު ޔޫން މުޙައްމަދު ޔުނާން ގެ ހިތުގެ ބައްޔަށް ބޭސް ކުރުމަށް މިއަދު މެންދުރުފަހު ފުރައިފިއެވެ.

Ads by STELCO

ހިތުގެ އޮޕަރޭޝަނެއް ކުރިން ވެސް ކޮށްފައިވާ، އަދި މިފަހުން އަނެއްކާވެސް ބޭސްފަރުވާއަށް ދާން ޖެހިފައިވާ އަށް މަހުގެ ޔޫން، އިންޑިއާ އަށް ދާން މިއަދު މެންދުރުގެ ވަގުތެއްގައި ވެސް ވަނީ ފްލައިޓަށް އަރާފައެވެ.

ނަމަވެސް އެފްލައިޓުން ފަސް މީހަކު ކޮވިޑަށް ފައްސި ވުމާއި ގުޅިގެން އެވަގުތު ޔޫން އާއި ޔުނާން، އަދި ޔޫންގެ މަންމަ ފާތިލަތު ރިހުލާ (ރިހޫ) އަށް ވަނީ ފުރޭ ގޮތް ނުވެފައެވެ.

އެޗްޕީއޭ އިން އެވަގުތު އެތަނަށް ގޮސް ހަރަކާތްތެރިވެ، ދެން ތިބި މީހުންގެ ހާލުވެސް އިތުރަށް ބަލާފައިވެއެވެ.

ޔޫން މެންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާއަށް ދާން ފްލައިޓަށް އެރުނީ 15:20 ހާއިރެއެވެ.

ޔޫންގެ ބޭސް ފަރުވާ އަށް ފުރަން އާސަންދައިން ވަނީ މީގެ ކުރިން ޖާގަ ނުދެވިފައެވެ.

ނަމަވެސް ފަހުން އެޖާގަ ހަމަޖެހުމުގެ އިތުރުން ޔޫން ގެ ބޭސްފަރުވާގެ ހުރިހާ ޚަރަދެއް، ޒުވާން ވިޔަފާރިވެރިއަކު ވަނީ ދެއްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!