ދުނިޔެ

ފޮޓޯ އެޑިޓު ކުރަން ބޭނުންކުރާ 19 އެޕްލިކޭޝަނެއް ގޫގްލުން އަނެއްކާވެސް މަނާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ގޫގްލުން މިފަހަކަށް އައިސް އަންނަނީ ވަރަށް ގިނަ އެޕްލިކޭޝަންތަކެއް ބޭނުން ކުރުން މަނާކޮށް، އެއެޕްލިކޭޝަންތައް ޑިލީޓު ކުރުމަށް ވެސް ބުނަމުންނެވެ.

Ads by WAMCO

މިފަދަ އެޕްލިކޭޝަންތަކުގެ ތެރޭގައި ގިނައީ ނަގާ ފޮޓޯތައް އެޑިޓުކުރުމަށް ބޭނުންކުރާ އެޕްލިކޭޝަންތައްކަން ވެސް ފާހަގަވެއެވެ.

އެގޮތުން ގޫގުލުން މިވަނީ އަނެއްކާވެސް އެންޑްރޮއިޑްގެ 19 އެޕްލިކޭޝަނެއް ބޭނުންކުރުން މަނާކޮށް، އެއެޕްލިކޭޝަންތައް އަޅާފައިވާނަމަ ވީއެންމެ އަވަހަކަށް ޑިލީޓު ކުރުމަށް ވެސް ބުނެފައެވެ.

ގޫގުލް ޕްލޭސްޓޯރުން މިހާރުވެސް މިއެޕްލިކޭޝަންތައް ނަގާފައިވާއިރު، އެމީހުން ބުނެފައިވަނީ މިއެޕްލިކޭޝަން ތަކުގެ ސަބަބުން ވައިރަސް ވަނުމާއި، ބޭނުންކުރާ ފަރާތްތަކުގެ އެކިއެކި މައުލޫމާތު ވެސް ހޯދިދާނެ ކަމަށެވެ.

މިއެޕްލިކޭޝަންތަކުގެ ނުރައްކާތެރިކަން ގޫގްލުން ހާމަ ކޮށްފައިވާއިރު، މިހާރުވެސް އެތައް ބަޔަކު ވަނީ މިހުރިހާ އެޕްލިކޭޝަނެއް ވެސް ޑައުންލޯޑު ކޮށްފައެވެ.

ގޫގްލުން ބުނެފައިވަނީ މިއެޕްލިކޭޝަންތަކުން ވަރަށް ގިނަ އިޝްތިހާރުތަކާއި ރިޕޯޓުތައް ވެސް ފޮނުވާނެ ކަމަށާއި ފޯނު ހެކް ވުމާއި ވައިރަސް ފޮނުވުމަށްފަހު ފޯނު ނިއްވާލާފައި އޮތް ކަމުގައިވިޔަސް އެފޯނުތަކަށް އެފަރާތްތަކަށް ވަދެވޭނެ ކަމަށެވެ.

ގޫގްލުން ބޭނުންކުރުން މަނާ ކޮށްފައިވާ އެޕްލިކޭޝަން ތަކަކީ:

▪︎ އޮޓޯ ޕިކްޗަރ ކަޓް

▪︎ ކަލަރ ކޯލް ފްލޭޝް

▪︎ ސްކުއާރ ފޮޓޯ ބްލަރ

▪︎ ސްކުއާރ ބްލަރ ފޮޓޯ

▪︎ މެޖިކް ކޯލް ފްލޭޝް

▪︎ އީޒީ ބްލަރ

▪︎ އިމޭޖް ބްލަރ

▪︎ އޮޓޯ ފޮޓޯ ބްލަރ

▪︎ ފޮޓޯ ބްލަރ

▪︎ ފޮޓޯ ބްލަރ މާސްޓަރ

▪︎ ސުޕަރ ކޯލް ސްކްރީން

▪︎ ސްކުއަރ ބްލަރ މާސްޓަރ

▪︎ ސްކުއާރ ބްލަރ

▪︎ ސްމާޓް ބްލަރ ފޮޓޯ

▪︎ ސްމާޓް ފޮޓޯ ބްލަރ

▪︎ ސުޕަރ ކޯލް ފްލޭޝް

▪︎ ސްމާޓް ކޯލް ފްލޭޝް

▪︎ ބްލަރ ފޮޓޯ އެޑިޓަރ

▪︎ ބްލަރ އިމޭޖް

މަސްދަރު: ޑެއިލީ ރިކޯޑް

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!