ހެންވޭރު ހުޅަނގަށް ޕީޕީއެމްގެ ޒުވާން އައިފާން، މަރުޙަބާ!

މިއަދު ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ހެންވޭރު ހުޅަނގަށް ވާދަ ކުރި ޕީޕީއެމްގެ ކެނޑިޑޭޓް އަޙުމަދު އައިފާން (އައިފާންޓޭ) އެ ދާއިރާއިން ކުރި ހޯދައިފިއެވެ.
އައިފާން ކުރި ހޯދައިފައި ވަނީ އެމްޑީޕީގެ ކެނޑިޑޭޓް އައިޝަތު މޫސާއާ ވާދަ ކޮށެވެ.
މިހާރު ލިބެމުންދާ ނަތީޖާތަކަށް ބަލާއިރު ޕީޕީއެމުން ދަނީ މާލެއިން ބޮޑެތި ކާމިޔާބުތަކެއް ހޯދަމުންނެވެ. އެގޮތުން މާލޭގެ މޭޔަރުކަމުގެ ގޮނޑިވެސް ޕީޕީއެމްގެ ކެނޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ކާމިޔާބު ކުރައްވައިފައެވެ. މީގެ އިތުރުން އަތޮޅުތަކުގެ ނަތީޖާތަކުން ވެސް ޕީޕީއެމުން ދަނީ ކުރިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ.