ޢަލީ އާޒިމްގެ މެދު ހެންވެއިރު ވެސް ޕީޕީއެމަށް

މިއަދު ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މެދު ހެންވޭރު ދާއިރާގެ ގޮނޑި ވެސް އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓް އާދަމް ރަމީޒް ކާމިޔާބު ކޮށްފިއެވެ.
އެ ގޮނޑި ރަމީޒު ކާމިޔާބު ކޮށްފައި ވަނީ އެމްޑީޕީގެ ކެނޑިޑޭޓް އިސްމާޢީލް ޙުސައިންއާ ވާދަކޮށެވެ. މެދު ހެންވެއިރު ދާއިރާއަކީ ފާއިތުވެ ދިޔަ 15 އަހަރު އެމްޑީޕީގެ ޕީޖީ ލީޑަރު ޢަލީ އާޒިމް ލީޑް ކުރައްވާ ދާއިރާއެކެވެ.
މިހާރު ލިބެމުންދާ ނަތީޖާތަކަށް ބަލާއިރު ޕީޕީއެމުން ދަނީ މާލެއިން ބޮޑެތި ކާމިޔާބުތަކެއް ހޯދަމުންނެވެ. އެގޮތުން މާލޭގެ މޭޔަރުކަމުގެ ގޮނޑިވެސް ޕީޕީއެމްގެ ކެނޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ކާމިޔާބު ކުރައްވައިފައެވެ. މީގެ އިތުރުން އަތޮޅުތަކުގެ ނަތީޖާތަކުން ވެސް ޕީޕީއެމުން ދަނީ ކުރިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ.