ރައީސް ނަޝީދުގެ ދާއިރާއިން ކުރީގައި ޕީޕީއެމްގެ ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކުރު !

އިއްޔެ ކުރިއަށް ދިޔަ ލޯކަލް ކައުންސިލްގެ އިންތިޚާބުގައި މައްޗަށްގޮޅީ މެދު ދާއިރާއަށް ކުރިމަތި ލެއްވި ޕީޕީއެމްގެ ކެނޑިޑޭޓް ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކުރު ކުރި ހޯއްދަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ރައީސް ނަޝީދު ތަމްސީލް ކުރައްވާ މައްޗަށްގޮޅީ މެދު ދާއިރާއިން ކުރީގެ އިންފޮމޭޝަން ކޮމިޝަނަރ ޢަބުދުލްޢަޒީޒް ޖަމާލު އަބޫބަކުރު ލީޑް ކުރައްވަނީ 23 ވޯޓުންނެވެ.
މިހައިތަނަށް ސާފުވި ނަތީޖާތަކަށް ބަލާއިރު ޢަބްދުލްޢަޒީޒް ވަނީ މި ކުޑަ ތަފާތަކުން މި ގޮނޑި ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވެއެވެ.
މިއަދު ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ޕީޕީއެމުން ދަނީ މާލެއާއި އަތޮޅުތަކުން ބޮޑެތި ކާމިޔާބުތަކެއް ހޯއްދަވަމުންނެވެ. އެގޮތުން ގިނަ އަތޮޅުތަކެއްގެ ރައީސުންގެ ގޮނޑި އެ ޕާޓީން ކާމިޔާބު ކުރިއިރު މާލެ ސިޓީގެ މެޖޯރިޓީ ވެސް ވަނީ ހޯދާފައެވެ.