ސުޝާންތުގެ ލޯބިވެރިޔާ ކަމަށް ބުނާ ރިއާ އާ ދެކޮޅަށް މައްސަލަ ހުށަހެޅުމާއެކު ރިއާ ފިލައިފި
![](https://dhen.mv/wp-content/uploads/2020/08/4957Jeq6E8Q7aId.jpeg)
ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު އަމިއްލައަށް މަރުވާން ހިތްވަރު ދިން ކަމަށް ބުނެ، ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯތީއާއި ދެކޮޅަށް މައްސަލަ ހުށައަޅައިފައިވާ ދަނޑިވަޅެއްގައި ރިއާ 'ފިލައިފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ރިއާ ގެއްލިއްގެން ބިހާރު ޕޮލިސް އިން އަންނަނީ ރިއާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރިއާ މުމްބާއީ ގައި ހުންނަ އޭނާގެ ގޭގައި ނެތް އިރު، ރިއާ ފިލުމުގެ ފަހަތުގައި ވަކީލުގެ އަތެއް ވެދާނެ ކަމަށް ވެސް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވެއެވެ.
ރިއާ ވަނީ ދާދި ފަހުުން ސުޝާންތުގެ ބައްޕަ އޭނާ އާ ދެކޮޅަށް ބިހާރް ފުލުހަށް ހުށަހެޅި މައްސަލަ މުމްބާއީ ފުލުހަށް ބަދަލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފައެވެ.
ސުޝާންތުގެ ބައްޕަ ރިއާ އާއި ދެކޮޅަށް ކުރި ދައުވާގައި ބުނެފައިވަނީ ރިއާގެ ސަބަބުން ވެސް ސުޝާންތު މާލީ ގޮތުން ދަތިކަމާއި ކުރިމަތިވެ އެކަމާއި ފިކުރުބޮޑުވި ކަމަށާއި ނަފްސާނީ ގޮތުން ވެސް ސުޝާންތަށް އަނިޔާ ދިން ކަމަށެވެ.
ރިއާގެ އިތުރުން ސުޝާންތުގެ އާއިލާގެ ތެރެއިން ޕަޓްނާއަށް ނިސްބަތްވާ ހަތަރު މީހަކާއި ދެކޮޅަށް ވެސް ވަނީ ދައުވާ ކޮށްފައެވެ. ނަމަވެސް އެއީ ކޮން ބައެއްކަން ހާމަ ކޮށްފައެއް ނުވެއެވެ.
މީގެ އިތުރުންވެސް ރިއާ ވަނީ ސްޝާންތު ބްލެކް މެއިލްކޮށްފައި ކަމަށާއި ، އޭނާގެ ބޭންކް އެކައުންޓްތަކާއި ކްރެޑިޓްކާޑުތަކެއް ވެސް ބަލަހައްޓަމުން ދިޔައީ ރިއާ އާއި އޭނާގެ ޢާއިލާއިން ކަމަށެވެ. އަދި އަހަރެއްހާ ދުވަހުގެ ތެރޭގައި 15 ކްރޯޑް ރުޕީސް ރިއާ ވަނީ ސްޝާންތުގެ އެކައުންޓުން ޓްރާންސްފަރކޮށްފައި ކަމަށްވެސް ސްޝާންތުގެ ބައްޕަ ބުނެފައިވެއެވެ.
ސްޝާންތާއި ލޯބީގެ ގޮތުން ގުޅިގެން ، އެކީ އުޅުނު ރިއާ ވަނީ ސްޝާންތުގެ އެތައްބައިވަރު ފައިސާއަކާއި ގަހަނާއެއް ހިފައިގެން ޖޫން 8 ވަނަ ދުވަހު ސްޝާންގެ ގެއިން ނުކުމެފައެވެ. ސްޝާންތު ދަންޖެހުގެން މަރުވެފައިވަނީ ޖޫން 14 ވަނަ ދުވަހުއެވެ.