ޚަބަރު

އެމްޕީ ވިސާމްގެ އުފަން ރަށް ގަމުން ހުރިހާ ގޮނޑިއެއް ވެސް އެމްޑީޕީއަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމްގެ އުފަން ރަށް ލ. ގަމުގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް ކާމިޔާބުވާނެ ކަމަށް ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

Ads by Hajj Corporation

ވަގުތީ ނަތީޖާއިން ދައްކާގޮތުން ރަށު ކައުންސިލްގެ ހުރިހާ ގޮނޑިއަކުން ވެސް ކުރީގައި އޮތީ އެމްޑީޕީން ކުރިމަތިލި ކެނޑިޑޭޓުންނެވެ.

އެގޮތުން މިހާރު ލިބިފައިވާ ވޯޓު ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު، ގަމު ރައީސް ކަމަށް ކުރިމަތިލައްވާފައިވާ އެމްޑީޕީ ކެނޑިޑޭޓު އަހުމަދު ޒަކީއަށް 1205 ވޯޓް ލިބިފައި ވެއެވެ. އެންމެ ގާތުން ވާދަ ކުރި ޕީޕީއެމްގެ ކެނޑިޑޭޓު އަބްދުއްރައޫފަށް ލިބިލެއްވީ 1014 ވޯޓެވެ.

ރަށު ކައުންސިލް މެންބަރުންގެ ނަތީޖާއަށް ބަލާއިރު ކުރީގައި އުޅެނީ 1259 ވޯޓު ލިބުނު އިބްރާހިމް ރަޝީދާއި 1233 ލިބުނު އަބްދުﷲ އާސިފާއި 1212 ވޯޓު ލިބުނު އަބްދުﷲ ޝުއާއުއެވެ. މި ތިން މެންބަރުންނަކީ ވެސް އެމްޑީޕީ މެންބަރުންނެވެ.

ކައުންސިލުން އަންހެނުންނަށް ހާއްސަ ކޮށްފައިވާ ތިން ގޮނޑީގެ ވެސް ކުރީގައި އުޅެނީ އެމްޑީޕީ މެންބަރުންނެވެ. އެގޮތުން އެންމެ ގިނަ ވޯޓު ލިބުނީ 1372 ވޯޓު ލިބުނު މަރިޔަމް ނީނާއެވެ. މަރިޔަމް ސުއޭދާއަށް 1276 ވޯޓު ލިބުނުއިރު އާއިޝަތު ލީޒާއަށް ލިބުނީ 1114 ވޯޓެވެ. އެމްޑީޕީ ކެނޑިޑޭޓުންނާ އެންމެ ގާތުން ވާދަ ކުރީ 1056 ވޯޓު ލިބުނު ފާތިމަތު ރަޒުނާއެވެ.

މީގެ އިތުރުން ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ލާމު އަތޮޅު ރައީސް ކަމަށް ހޮވިފައި ވަނީ ވެސް އެމްޑީޕީ ކެނޑިޑޭޓު އިސްމާއިލް އަލީއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!