މުނިފޫހިފިލުވުން

އަހަންނަކީ ބޮލީވުޑް ޕާޓީތަކަށް ދާން ދައުވަތު ލިބޭ މީހެއް ނޫން: ސުޝާންތުގެ ކުރީގެ ޓްވީޓެއް

ދެން އެމްވީ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ސުޝާންތު ސިންގް ރާޖްޕުތުގެ މަރާ ބެހޭގޮތުން އެކި މީހުން އެކި ގޮތަށް އެކި ރާގަށް ވާހަކަ ދައްކަމުން ދާއިރު އޭނާގެ ފޭނުންއަދިވެސް ދަނީ އޭނާގެ މަރުގެ ސަބަބުން ހިތާމަ ފާޅު ކުރަމުންނެވެ.

Ads by MWSC

އެގޮތުން ސްޝާންތު މީގެ ކުރިން ކޮށްފައިވާ ޓްވީޓެއް އޭނާގެ ފޭނުންވަނީ ހިއްސާ ކޮށްފައެވެ. އޭނާގެ ފޭނެއް ބޮލީވުޑްގެ ޕާޓީތަކަށް ދިއުމަށް އެދި ސުޝާންތުޓެގުކޮށް ކޮށްފައިވާ ޓްވީޓަކަަށް އޭނާ ޖަވާބު ދީފައި ވެއެވެ.

އެ ޓްވީޓްގެ ޖަވާބުގައި ސުޝާންތު ބުނެފައިވަނީ، ތިމަންނާއަށް ބޮލީވުޑްގެ ޕާޓީތަކަށް ދައުވަތު ނުލިބޭ ކަމަށާއި، އެހެން ކަމުން އެ ޕާޓީއަށް ދެވެން ނެތްކަމަށެވެ. ނަމަވެސްޕިންކްބެލުމުގައި އޭނާ ރަނގަޅު ވަގުތެއް ހޭދަކުރަމުން ދާ ކަމަށެވެ.

ސުޝާންތުގެ ފޭނުން ވަނީ 2016 ވަނަ އަހަރު ސުޝާންތު ކޮށްފައިވާ މި ޓްވީޓް މީސްމީޑިއާގައި ހިއްސާކޮށް ބޮލީވުޑްގައި ތަފާތުކުރުން އޮތްވަރު ފާހަގަކޮށްފައެވެ.

ނަމަވެސް ސުޝާންތު މަރުވުމުގެ ކުރިން މި ހުރިހާ ކަމަކާމެދު ނުވިސްނީ ކީއްވެގެން ބާވައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!