ވައުދާ ހިލާފުވާނަމަ ރައްޔިތުން ބަލައެއް ނުގަންނާނެ، ވައުދާ މެދު ސަމާލުވެލައްވާ: ޒައިދު

ހެޔޮ ބަދަލެއް ގެންނަން ވައުދުވެ، އެ ވައުދު ފުއްދާ ނަމަ އެކަން ރައްޔިތުން ބަލައިގަންނާނެ ކަމަށާއި ވައުދާ ހިލާފުވާނަމަ ، އެކަން ބަލައި ނުގަންނާނެ ކަމަށް ދީނީ އިލްމުވެރިޔާ ޝައިޙް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު ދެންމެ ކުރި ޓްވީޓެއްގައި ވިދާޅުވީ ވައުދެއް ވެފައި ވާނަމަ، އޭގެ މަތިން ހަނދާން ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ޒައިދު މިހެން ވިދާޅުވެފައި ވަނީ އިއްޔެގެ ކައުންސިލު އިންތިހާބުގައި މުހިންމު ގޮނޑިތަކެއް އެމްޑީޕީއަށް ގެއްލި، ޕީޕީއެމްއަށް ލިބިފައިވާ ދަނޑިވަޅެއްގައެވެ.
“ދެން ކޮންމެ ބޭފުޅަކުވެސް ހަނދާން ބަހައްޓަވަން ވީ އެ ބޭފުޅަކު ވެވަޑައިގަތް ވައުދުތަކުގެ މަތިން. ހެޔޮ ބަދަލެއް ގެންނަން ވިދާޅުވެ، އެ ވައުދު ފުއްދާ ނަމަ ރައްޔިތުން ބަލައިގަންނާނެ. ނަމަވެސް ވައުދާ ހިލާފު ވާނަމަ، ބަލައި ނުގަންނާނެ! އަހުދާ ވައުދާ މެދު ސަމާލުވެލައްވާ!” ޒައިދު ވިދާޅުވިއެވެ.