މުނިފޫހިފިލުވުން

ރިއާގެ ފަރާތުން ވަކާލާތުކުރާ އިންޑިއާގެ އެންމެ އަގުބޮޑު އެއް ވަކީލު، ރޭ ދަންވަރު އެގެއިން ނިކުމެގެން ގޮސްފި

ދެން އެމްވީ ، ދެން އޮންލައިން

ބޮލީވުޑްގެ އެކްޓަރ ސުޝާންތު ސިންގް ރާޖްޕޫތު އަމިއްލައަށް މަރުވީ އޭނަގެ ލޯބިވެރިޔާ ރިއާ ޗަކްރަބޮތީ ގެވެސް ސަބަބުން ކަމަށް ބުނެ ސުޝާންތުގެ ބައްޕަ އުފުލި ދައުވާއާއި ގުޅިގެން، ރިއާގެ ފަރާތުން ވަކާލާތު ކުރާނީ އިންޑިއާގެ އެންމެ އަގުބޮޑު އެއް ވަކީލުކަން ހާމަ ވެއްޖެއެވެ.

Ads by Sosun Fihaara

އިންޑިއާގެ މީޑިއާތަކުން ބުނެފައިވަނީ ރިއާގެ ފަރާތުން ވަކާލާތު ކުރާނީ އެޑްވޮކޭޓް ސަތީޝް މަންޝިންޑޭ ކަމަށެވެ. ސަތީޝް މީގެ ކުރިން ވަނީ އިންޑިއާގެ ބޮޑެތި އެކްޓަރުން ކަމަށްވާ ސަލްމާން ޚާން އާއި ސަންޖޭ ދަތުގެ ފަރާތުން ވެސް ވަކާލާތު ކޮށްފައެވެ.

ޚަބަރުތަކުން ބުނާ ގޮތުގައި ރިއާ އާއި ކޭސްގެ ވާހަކަ ދެއްކުމަށްފަހު ރޭ ދަންވަރު ސަތީޝް އެގެއިން ނިކުމެގެން ދަނިކޮށް ބައެއް މީހުންނަށް ވަނީ ފެނިފައެވެ.

ސުޝާންތުގެ އެކައުންޓުން ރިއާގެ އެކައުންޓަށް މަކަރާއި ހީލަތުން އެތައް ކަރޯޑު ރުޕީސްއެއް ފޮނުވާފައި ކަމަށާއި، ސުޝާންތަށް ރިއާ ބޭވަފާތެރިވި ކަމަށާއި ނަފްސާނީ ގޮތުން އެތައް އަނިޔާއެއް ދިން ކަމަށް ބުނެ ސުޝާންތުގެ ބައްޕަ ވަނީ ދައުވާ އުފުލާފައެވެ.

ސުޝާންތު އަމިއްލައަށް މަރުވެފައި ހުއްޓާ ފެނިފައިވަނީ ބާންދްރާ ގައި އޭނާ ދިރިއުޅުނު އެޕާޓްމަންޓުގައި، ޖޫން މަހުގެ 14 ވަނަ ދުވަހުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!