4 ގޮނޑި އަލުން ގުނަން އެމްޑީޕީން ހުށައަޅަނީ
އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ހަތަރު ގޮނޑިއެއްގެ ވޯޓު ކަރުދާސް އަލުން ގުނަން އެމްޑީޕީން ހުށަހަޅަން ވިސްނާފައިވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ،
އިންތިހާބާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކައުންސިލު އިންތިހާބުގެ ހަތަރު ގޮނޑިއެއްގެ ނަތީޖާ އަލުން ގުނަން އެދިލައްވާ ކަމަށެވެ.
"ކައުންސިލުގެ ހަތަރު ގޮނޑިއެއް އަލުން ގުނަން އަޅުގަނޑުމެން އެދެން. އެއީ ޓީ3 އާއި، ޓީ4 އާއި، ޓީ10 އާއި ޓީ15. ޓީ3 ގެ ގޮނޑިއަކީ ވެސް، އަޅުގަނޑުމެންގެ ވާދަވެރިންނާ ވާ ފަރަޤު ކުޑަ ގޮނޑިއެއް. މި ދެންނެވި ހުރިހާ ގޮނޑިއެއްގައި ވެސް ފަރަޤު ހުރީ ހަމަ އެގޮތަށް" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ހަތަރު ގޮނޑިއެއް އަލުން ގުނުމަށް އެދިލައްވާ ކަމަށާއި، އެ ގޮނޑިތަކުގެ ނަތީޖާ ޝީޓުތަކާއި ވޯޓު ކަރުދާސްތައް ވެސް ސާފު ކުރުމަށް އެދިލައްވައި ކަމަށެވެ.
އެމްޑީޕީން މިވަނީ އެހެން ފަސް ގޮނޑިއެއް ކާމިޔާބު ކޮށްފައި. އަދި ބާކީ ހުރި ގޮނޑި އެމްޑީޕީއަށް ގެއްލިފައިވާކަން މި ޕާޓީ ވަރަށް ރަނގަޅަށް ޤަބޫލު ކުރަން. ޚާއްސަ ގޮތެއްގައި މާލޭ މޭޔަރުކަމުގެ ގޮނޑި އަޅުގަނޑުމެންނަށް މިވަނީ ގެއްލިފައި
ރައީސް ނަޝީދު ވިދާޅުވީ މާލޭ މޭޔަރަކަށް އިންތިހާބުވެ ވަޑައިގެން އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓް ޑރ. މުޢިއްޒަށް މަރުޙަބާ ދަންނަވާ ކަމަށެވެ.
މިފަހަރު ގެ ވޯޓަކީ އެއްވެސް މައްސަލައެއް ދިމާވާގޮތަކަށް އޮތް އިންތިހާބެއްނޫން ކޮންމެ ކެންޑިޑޭޓެއްގެ ފަރާތުން ތިއްބެވި ބޭފުޅުން ވަރަށް ރަގަޅަށް ބަލަމުން ތިޔައީ އެއްވެސް މަކަރެއް އޮޅޭނެ ގޮތަކަށް ނުވޭ ކެމަރާ ފޯންތަކުން ކުރި ދެ ސީޓްގައި ބަރާބަރަށް ލިޔަމުން އައީ ފަރަގަގެއްނެތް ނަތީޖާ ކަރުދާސްވެސް ވަރަށްކާރިން ބަލަމުން އަޢީ ނުދޭ ވޯޓެއް ހޯދޮޔަސް މިފަހަރު ނުފެއްނާނެ ވޯޓްލާން އެޑީޕީ މީހުން މަދުންއައުމުގެ ނަތީޖާ މީ އިބުރަޔެއް މިހެން މިވީ އަސްލަމު ކޮތަރު ކޮށި ދޭން ޖެހޭ މީހުނަށް ނުދީ ޓީވީ ތަކަށް އަރާ އަގަތެޅީމަ އަސްލަމު އިސްތިއުފާ ދޭންޖެހޭ ކިޔަވާގެން ތިބި ޤާބިލް ޒުވާނުން އެބަތިބި ކުރިންވެސް ތިޔަ މިނިސްޓުރީ ހިންގީ ގޯހުން އެކަންއެގިހުރެ މިފަހަރުވެސް އަސްލަމް ކޮންޕާޓީއަކުންވެސް އަބަދު އެއްބަޔަކަށް މަޤާމް ދެނީ އެގި ހުރެގެން ތިމީހުންތައް ދުރުކޮށް ޒުވާން ކުދިން ލާންވީ އޭރުން ޤައުމު ކުރިއަށް ދާނީ ތި މީހުންގެ ސަބަބުން ރ ނަޝީދުއަށް އިތުބާރު ގެއްލިގެން މި އޮށްދަނީ