ޖިންސީ ގޯނާގެ ތުހުމަތުގައި ޖަލުގައި ހުރި މީހަކު އިންތިޚާބުވެއްޖެ

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ޖަލުގައި ހުރި މުހައްމަދު އަހުމަދު (އެމްޑީ) ، ގދ.ގައްދޫ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބު ވެއްޖެއެވެ.
މުހައްމަދު އަހުމަދު ގދ.ކައުންސިލްގެ ރައީސްކަމަށް ހޮވިފައި ވަނީ ވާދަވެރި ކެނޑިޑޭޓުގެ މައްޗަށް 85 ވޯޓުގެ ކުރި ހޯދައިގެންނެވެ. އަދި އޭނާއަކީ މީގެ ކުރިން ވެސް ގައްދޫ ކައުންސިލް ރައީސްކަން ކޮށްފައިވާ މީހެކެވެ.
އޭނާ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބު ވުމާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ކޯޓުގައި މައްސަލައެއް އޮތުމަކީ އިންތިހާބަށް ކުރިމަތިލާފައިވާ މީހެއްގެ ކެނޑިޑެސީ ބާތިލުވާ ކަމެއް ނޫން ކަމެވެ.