މުނިފޫހިފިލުވުން

ބިގްބޮސް އަހަރެންގެ މުޅި ހަޔާތް ބަދަލުކޮށްލި: ހީނާ

ދެން އެމްވީ ، ދެން އޮންލައިން

އެކްޓްރެސް ހީނާ ޚާން އަކީ ސްޓާޕްލަސް ގެ ސީރިއަލް ޑްރާމާ ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭގެ އަކްޝަރާގެ ރޯލުން މަގުބޫލުކަން ހޯދި ތަރިއެކެވެ. މިހާރު ބޮލީވުޑަށް ނިކުމެފައިވީ ނަމަވެސް ހީނާ ޚާންގެ ކެރިއަރުގެ ބޮޑު ބަޔަކީ ޓީވީ ސީރީސްތަކެވެ.

Ads by STELCO

ބިިގް ބޮސް އިން ވެސް ފެނިގެންދިޔަ ހީނާ ދާދި ފަހުން ބުނެފައިވާ ގޮތުގައި ބިސް ބޮސް އަކީ އޭނާގެ މުޅި ހަޔާތް ބަދަލުކޮށްލި ޝޯއަކަށެވެ. އަދި އެއީ އޭނާ އަށް އޭނާ އަކީ ކޮންކަހަަލަ މީހެއް ކަން ދަސްވެގެންދިޔަ ކަމެއް ކަމަށް ވެސް ހީނާ ބުނެފައިވެއެވެ.

އަދި ހީނާ ހެދުން އަޅާ ގޮތާއި އެހެނިހެން ކަންކަމަށް ބެލުންތެރިން ދިން ސަމާލުކަމަށްޓަކައި ހީނާ ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ބެލުންތެރިންގެ ސަޕޯޓު ނުލިބުނު ނަމަ އޭނާ އަށް މިހާ ހިސާބަށް ނާދެވުނީސް ކަމަށް ވެސް ހީނާ ބުނެފައިވެއެވެ.

"އެއްވެސް މީހަކީ ޕާފެކްޓު މީހެއް ނޫން" ހީނާ އިތުރަށް ބުނެފައިވެއެވެ.

ބިގް ބޮސް ޝޯގެ ތެރެއިން ހީނާ ފާހަގަވެގެންދިޔައީ ވަރަށް ރުޅިގަދަ އަދި އަމިއްލަ އެދުން ބޮޑު މީހެއްގެ ގޮތުގައި ކަމަށް ވެސް ގިނަ ބަޔަކު ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!