ދުނިޔެ

"ކޮވިޑް-19 ފެތުރޭ މިންވަރު ދަށްކޮށްދިނީ ލޮކްޑައުންގެ ސަބަބުން، ވެކްސިންގެ ސަބަބަކުން ނޫން"

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިނގިރޭސިވިލާތުގައި ހަލުވި ކަމާއެކު ފެތުރެމުން ދިޔަ ކޮވިޑް-19 ފެތުރުން ދަށްކޮށްދިނީ ލޮކްޑައުންގެ ސަބަބުން ކަމަށާއި އެއީ ހަމައެކަނި ވެކްސިން ޖެހުމުގެ ސަބަބުންވި ކަމެއް ނޫން ކަމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަންސް ވިދާޅުވެއްޖެއެވެ.

Ads by WAMCO

އިނގިރޭސިވިލާތުގައި އަޅާފައިވާ ބައެއް ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޮރިސް ވިދާޅުވީ، މިއަދު އިނގިރޭސިވިލާތުން ކޮވިޑް-19 އާ ދެކޮޅަށް މުހިންމު ކާމިޔާބެއް ހޯދައިފައިވާ ކަމަށާއި މިކަމުގެ އެންމެ ބޮޑު ސިއްރަކީ ލޮކްޑައުންއާއި އެކަމާއެކު އެޅުނު ހަރުކަށި ފިޔަވަޅުތައް ކަމަށެވެ.

"މިއަދު ރައްޔިތުން އެބަޖެހޭ ޤަބޫލުކުރަން، ލޮކްޑައުންއަކީ ކިހާ މުހިންމު އެއްޗެއްކަން. ވިޔަފާރިއާއި އިޤްތިޞާދަށް ގެއްލުން ލިބުނު ނަމަވެސް އަޅުގަނޑުމެންނަށް އިނގިރޭސިންގެ ފުރާނަ މާ މުހިންމު، ލޮކްޑައުންގެ ހަރުކަށި ފިޔަވަޅުތައް ގިނަ ދުވަހު ބޭއްވީ އެހެންވެ" ބޮރިސް ވިދާޅުވިއެވެ.

އިނގިރޭސި ވިލާތުން ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ނުދިނުމުގެ ސަބަބުން އެޤައުމުގެ އިޤްތިޞާދަށް ގިނަ ގެއްލުންތަކެއް ވަމުންދާ ކަމަށް ބުނެ އެ ޤައުމުގެ ސަރުކާރަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. މިކަމަށް ރައްދު ދެއްވަވާ ބޮރިސް ވިދާޅުވެފައި ވަނީ މިއަަދު އިނގިރޭސިންނަށް ލިބިފައިވާ ރައްކާތެރިކަމަކީ ހަމައެކަނި ވެކްސިނުން ލިބުނު ރައްކާތެރި ކަމެއް ނޫން ކަމަށާއި ބޮޑު ރޯލެއް ލޮކްޑައުންއިން ވެސް އަދާކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އިތުރު ލުއިތައް ދޭން އެބަ ވިސްނަން. ދުރުރާސްތާ ޕްލޭނެއް އެބައޮތް. ވެކްސިން ޖެހިޔަސް ކަންކަން އަވަސް އަރުވާލައިގެން އެކަމުގެ ހިތި ފަހުން ތަޖުރިބާ ކުރާކަށް ބޭނުމެއް ނޫން" އިތުރު ލުއިތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބޮރިސް ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގައި މިހާތަނަށް 40 މިލިޔަން މީހުންނަށް ކޮވިޑް-19 އިން ދިފާޢުވުމަށް ވެކްސިން ވަނީ ޖަހާފައެވެ. އަދި އެޤައުމަކީ ވެކްސިން ޕްރޮގްރާމަކީ ދުނިޔޭގެ ދެވަނައަށް އެންމެ ހަލުވި ވެކްސިން ޕްރޮގްރާމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!