ޚަބަރު

މާރާމާރީއަކާ ގުޅިގެން މީހަކު ހޯދަން ފޮޓޯ އާންމު ކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރު ކުރުމަށް އޭނާގެ ފޮޓޯ ފުލުހުން އާންމުކޮށްފިއެވެ.

Ads by Sosun Fihaara

ފުލުހުން ބުނީ ލ.ގަމު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރު ކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

ފުލުހަށް ޙާޟިރުވުމަށް އާންމު ކޮށްފައި ވަނީ ލ.ގަން. ތުނޑި، އިހުރާމުގެ، ޙުސައިން ސުޢޫދު (28އ) ، އައިޑީ ކާޑު ނަންބަރު: A309836 ގެ ނަމެވެ.

ފުލުހުން ބުނީ އޭނާ ކޯޓަށް ހާޒިރުކުރަނީ މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް/ ތަހުގީގަށް ސުވާލުކުރުމަށް ކަމަށެވެ. އެހެންކަމުން 2021 އޭޕްރިލް 21 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ލ.ގަން ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް ދަންނަވާ ކަމަށް ފުލުހުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!