ލުއި ޚަބަރު

ދޮންނަ މެޝިނު ތެރެއިން ފެނުނު ބިރުވެރި މޫނު، ބިރުން ފިތްކަނޑައިގެންދާ ވަރުވޭ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދޮންނަ މެޝިނެއްގެ ތެރެއިން އިންސާނެއްގެ މޫނު ފެންނަ ފޮޓޯއެއް ޓްވީޓާގައި ދައުރުވެ އެ ފޮޓޯއަށް އާންމުންގެ ބޮޑު ސަމާލުކަމެއް ދަމައިގެންފިއެވެ.

Ads by MWSC

އުމުރުން 47 އަހަރުގެ ފިރިހެނަކު ހިއްސާ ކޮށްފައިވާ މި ފޮޓޯގައި ފެންނަނީ ދޮންނަ މެޝިނުގެ ބިއްލޫރިގަނޑުން ބިރުވެރި ފާޑަކަށް ހުރި މޫނެއް ފެންނަ މަންޒަރެވެ. އެހެން ނަމަވެސް މި ފޮޓޯގެ ހަގީގަތް އެނގުމާއެކު ގިނަ ބަޔަކު ވަނީ މި ފޮޓޯ ހިއްސާ ކުރަން ފަށައިފައެވެ.

އެލެކްސް ބޯޑްމަން ނަމަކަށް ކިޔާ މި މީހާ ބުނީ އޭނާއަށް އެ މަންޒަރު ފެނުމުން ފުރަތަމަ "ހާރޓް އެޓޭކް"އެއް ވެސް ނުޖެހުނީ ކިރިޔާ ކަމަށެވެ. އެހެން ނަމަވެސް އޭގެ ހަގީގަތް އެނގުމުން އޭނާއަށް ވެސް އެކަންވީ ހެއްވާ ކަމަކަށެވެ.

ދޮންނަ މެޝިނު ތެރެއިން އޭނާއަށް ފެނުނީ އޭނަ ގެންގުޅޭ ކުޝަން އަކާއި އޭނާ ގެންގުޅޭ ކުއްތާގެ ތުވާލި ތަކެވެ. އޭނާ ގެންގުޅޭ ބާލީހުގައި ޖަހާފައި އިންނަނީ ކުރީގެ ލަވަކިޔުންތެރިޔާ ޑޭވިޑް ބޯވީގެ ފޮޓޯއެކެވެ. މެޝިނަށް އެ އެއްޗެހި ލީ ވެސް އޭނާއެވެ. އެހެން ނަމަވެސް އެކަން އޭނާ ހަނދާން ނެތިފައި ހުރުމުން ބިރު ގަތީއެވެ.

މި ޕޯސްޓު 10،000އަށް ވުރެ ގިނަ މީހުން ޝެއަރ ކޮށްފައިވާއިރު ބައެއް ކޮމީޑީއަނުން ވެސް މި ޕޯސްޓު ޝެއަރ ކޮށްފައިވެއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!