ޚަބަރު

މަޖުބޫރުން ފީ ނަގާކަށް ބޭނުމެއް ނޫން، ފަރުދީ ޒިންމާ އަދާކުރުމަށް އެދެން: ވެމްކޯގެ އެމްޑީ

ރައުފާ ރަޝީދު ، ދެން އޮންލައިން

މަޖުބޫރުން ފީ ނަގަން ބޭނުން ނުވާ ކަމަށާއި، ފަރުދީ ޒިންމާ އަދާކޮށް ފީ ދައްކައި، ވެމްކޯގައި ރަޖިސްޓަރ ވެގެން ޚިދުމަތް ހޯދުމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުޙައްމަދު އެދިވަޑައިގެންފިއެވެ.

Ads by MWSC

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާދަމް މުޙައްމަދު ވިދާޅުވީ، މި ބަރަކާތްތެރި ރަމަޟާން މަހު ހުރިހާ ބޭފުޅުން ވެސް ތިއްބަވަނީ އަޅުކަމުގައި ކަމަށާއި މި އަޅުކަން އަދާކުރާއިރު، ސާފުތާހިރު ކަމަކީ އީމާންތެރިކަމުގެ ގޮތުން ވެސް ކޮންމެހެން ކުރަންޖެހޭ އެއް ކަންތައް ކަމަށެވެ.

އެހެން ނަމަވެސް ގިނަ މީހުން ފަރުދީ ޒިންމާ އަދާ ނުކުރާ ކަމަށާއި މާލެ ސަރަޙައްދުގެ ގިނަ ގެތައް ވެމްކޯގެ ޚިދުމަތް ހޯދުމަށް ރަޖިސްޓަރ ކޮށްފައި ނުވާ ކަމަށާއި އުޖޫރަ ނުދޭ ގޭބިސީތައް ވެސް ގިނަކަން އާދަމް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އާދަމް މުހައްމަދު ވިދާޅުވީ ރަޖިސްޓްރީ ކޮށްގެން ޚިދުމަތް ދެނީ 19000 އެއްހާ ގޭބިސީއަކަށް ކަމަށެވެ. އޭނާ ވަނީ ކުނި އުކާލުމުގެ މަސައްކަތަށް ގޭބިސީތަކުން ދައްކަން ޖެހޭ އުޖޫރައިގެ މަތިންނާއި ހިދުމަތަށް ރަޖިސްޓްރީކޮށް ބަރާބަރަށް ފީ ދެއްކުމަށް އެދިވަޑައިގެންފައެވެ.

ކުރިޔަށްދާ ބަރަކާތްތެރި ރަމަޟާންމަހަކީ އެހެން މަސްތަކާ ހިލާފަށް ކުނި ގިނަވާ ދުވަސްވަރެއް ކަމުން، މި މުއްދަތުގައި ގޭބިސީތަކަށް ފޯރުކޮށްދޭ ހިދުމަތްތައް ރާވައިލެވިފައި ވާނީ ކަސްޓަމަރުންނަށް ލުއިފަސޭހަ ވާނެ ގޮތަކަށް ރޭގަނޑުގެ 22:00 އިން 23:00 އާ ދެމެދު ކަމަށް ވެސް ވެމްކޯއިން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!