ޚަބަރު

މަޑިފުށީގެ ނަތީޖާއަކަށް ބަދަލެއް ނާދޭ،ޕީޕީއެމްގެ ކެނޑިޑޭޓް ކުރީގައި!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ތ.މަޑިފުށީގެ ކައުންސިލްގެ ނަތީޖާ އަލުން ޗެކްކޮށްފިއެވެ.

Ads by MWSC

އިލެކްޝަންސް ކޮމިޝަންއަށް ހުށަހަޅައިފައިވާ ޝަކުވާއަކާ ގުޅިގެން މިއަދު ބަލައި ޗެކްކުރީ މަޑިފުށީ ކައުންސިލްގެ އާންމު މެމްބަރުންގެ ކެޓަގަރީއެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ޕީޕީއެމްގެ ކެނޑިޑޭޓް އާތިފް އަޙުމަދު 306 ވޯޓް ހޯދިއިރު އެމްޑީޕީގެ ކެނޑިޑޭޓަށް ލިބިފައި ވަނީ 300 ވޯޓެވެ. އެ ކެޓަގަރީން 52 ވޯޓް ބާތިލް ވެފައި ވެއެވެ.

ޝަކުވާއާ ގުޅިގެން ކެނޑިޑޭޓުންގެ މަންދޫބުންނާއި މީޑިއާގެ ކުރިމަތީގައި ވޯޓްތައް ޗެކުކޮށް ބެލިއިރު ވަގުތީ ނަތީޖާ ޞައްޙަކަމަށް ވަނީ ދައްކައިފައެވެ.

ލޯކަލް ކައުންސިލްގެ އިންތިޚާބާ ގުޅިގެން ކެނޑިޑޭޓުންނާއި ޕާޓީތަކުން ވެސް ހުށަހަޅާ ޝަކުވާ އީސީން ދަނީ ބަލައިގަންނަމުންނެވެ. އަދި ނަތީޖާއަށް ބަދަލު އައުމުގެ ފުރުސަތު އޮތްކަމަށް ބެލެވޭ ވޯޓް ފޮށިތައް އީސީން ދަނީ އަލުން ޗެކް ކުރަމުންނެވެ. އެގޮތުން ފިއްލަދޫގެ ވޯޓް ފޮއްޓަކާއި އޮޅުވެލިފުށީގެ ވޯޓްފޮއްޓެއް ވެސް މިއަދު ވަނީ ޗެކް ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!